ސެންޓު ވަގަށް ނެގި ކުށްސާބިތުވެ ޖަލަށް ލީ އއ. ފެރިދޫ، ނިއުޒިންދާގީއަލީ ނާޝީއުއެވެ.
އޭނާގެ މައްޗަށް އިއްވި ހުކުމުގައި ވަނީ ދޮންއަރާދަ ހިނގުމުގައި ހުންނަ "ސިކްސް މާޓް" ފިހާރަ އިން އޭނަ "ފޮގް" ބްރޭންޑުގެ ދެ ފުޅި ވަގަށް ނެގިކަމަށެވެ. އަދި ލައިގެން ހުރި ޖިންސާއި ހަށިގަނޑު ދޭތެރެއަށް ޖަހައިގެން ފިހާރައިން ނުކުމުގެން ދާން މަސައްކަތް ކޮށްފައިވާކަމަށެވެ.
އޭނާ ވަނީ އެ ދެފުޅި ސެންޓު ނެގިކަމަށް އެއްބަސްވެފައެވެ. އެހެންވެ ކޯޓުން ހުކުމް ކުރީ އޭނަ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށެވެ. އެހެންނަމަވެސް އެ މައްސަލާގައި ބަންދުގައި އޭނާ ހުރުމުން އެދުވަސްތައް އުނިކުރުމުން ތަންފީޒުކުރަން ޖެހެނީ އެއް މަހާއި 27 ދުވަހަވެެ.