ads
ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއު - ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ގައުމުގެ އިގްތިސާދު ވަރަށް ދަށް: ޝުޖާއު
މި ގައުމުގެ އިގްތިސާދު ދަށް ކަމަށާއި މި ހިސާބަށް ގެންދިޔުމުގެ ޒިންމާ ނަގަންޖެހޭނީ އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް މާލިއްޔަތު ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ، އެމްއެމްއޭގެ ގަވަރުނަރު ހާޒިރުނުވީ މާލިއްޔަތު ކޮމިޓީއަށް އެކަނި ނޫން ކަމަށާއި އެމްއެމްއޭއަށް ވެސް ގަވަރުނަރު ހާޒިރު ނުވާ ކަމަށެވެ.

"މި ގައުމުގެ އިގްތިސާދު މިހިސާބަށް ގެންދިޔުމުގައި މިއަދުގެ އެމްއެމްއޭގެ ގަވަރުނަރު ޒިންމާ އުފުލަންޖެހޭނޭ." ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ، ކޮވިޑްގެ ދުވަސްވަރު ރައްޔިތުން ގޭބަންދުކޮށްފައި ދައުލަތުން ވައްކަން ކުރަމުންދިޔަ ކަމަށާއި، ކޮވިޑްގެ ހާލަތުގައި ލިބުނު ހުރިހާ ފައިސާއެއް ވަގަށް ނެގުމުގެ ސަބަބުން ގައުމުގެ އިގްތިސާދު މިއަދު މިހާލަތަށް ވެއްޓިފައިވާ ކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ގަވަރުނަރުގެ ހިތުގައި އިހުލާސްތެރިކަން އޮތްނަމަ ޖަވާބުދާރީވާން މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރު ހާޝިމް އެ މަގާމުން ވަކިކުރެއްވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީ، އެ މަގާމުން އަލީ ހާޝިމް މިއަދު ވަނީ ވަކިކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް