ads
ޕަޗަސް: ކުޅިވަރުން ކޮރަޕްޝަން ނައްތާލާ ކެމްޕެއިން ލޯންޗު ކުރުން
ޕަޗަސް: ކުޅިވަރުން ކޮރަޕްޝަން ނައްތާލާ ކެމްޕެއިން ފަށައިފި
ކުޅިވަރާ ބެހޭ މުއައްސަސާތަކުން ކޮރަޕްޝަން މަދުކުރުމުގެ ގޮތުން، އޭސީސީއާ ކުޅިވަރު މިނިސްޓްރީ ގުޅިގެން "ޕަޗަސް" ގެ ނަމުގައި މިއަދު ކެމްޕެއިނެއް ފަށައިފި އެވެ.

ޕަޗަސްއަކީ ކުރިން ދިވެހިންގެ މެދުގައި މަގުބޫލު ކުޅިވަރެކެވެ. މި ކުޅިވަރު ކުޅޭ ގޮތަކީ ފިލައި އޮންނަ މީހަކު ހޯދާ، އެ މީހާގައި އަތްލާފައި "ޕަޗަސް" މިހެން ކިޔުމެވެ. 

ޕަޗަސް ކެމްޕެއިން ލޯންޗް ކުރުމަށް ފަހު ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވީ، ކުޅިވަރުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލުމަށްޓަކައި ހަރަކާތްތެރިކަމާ އެކު މަސައްކަތްތަކެއް ކުރަން އާ އަޒުމެއްގައި ކަންކަން ފެށިގެންދާތީ ހިތްހަމަޖެހޭ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ފާއިތުވި ދެތިން، އަހަރު އެ ކޮމިޝަނުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅޭ ކޮރަޕްޝަންގެ އެކި މައްސަލަ ބެލިއިރު، އެ ކޮމިޝަނަށް ވެސް އާ ތަޖުރިބާތަކެއް ކުރެވި، މި ކަންކަން ރަނގަޅުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން، ބައިނަލްއަގުވާމީ ފެޑެރޭޝަންތަކާ މުއާމަލާތްކުރެވުނު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް