ads
ފޮރިން މިނިސްޓަރު ޒަމީރު ޗައިނާ އެގްޒިމް ބޭންކުގެ ޗެއާމަން އާ ބައްދަލުކުރެއްވުން
ފައިސާ ހޯދުމަށް ޗައިނާ އެގްޒިމް ބޭންކާ އެކު މަޝްވަރާކޮށްފި
ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ފައިސާ ހޯދުމާބެހޭގޮތުން ޗައިނާ އެގްޒިމް ބޭންކުގެ ޗެއާމަން ވޫ ފުލިން އާ ބެއިޖިންގައި މަޝްވަރާކޮށްފި އެވެ.
Advertisement

ޗައިނާއަށް މިހާރު ވަޑައިގެން އުޅުއްވާ މިނިސްޓަރުންގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އެކްސްގއި ކުރި ޕޯސްޓެެއްގައި މިނިސްޓަރު ވިދާޅުވީ ޗައިނާ އެގްޒިމް ބޭންކުގެ ޗެއާމަން ވޫ ފުލިންއާ ބެއިޖިންގައި ބައްދަލުކުރައްވާފައިވާ ކަމަށާއި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. އިއުލާންކުރެއްވި އިސްލާހީ ޕްރޮގްރާމްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވައިފައިވާ ކަމަށެވެ. 

މީގެެއިތުރުން މި ބައްދަލުކުރެއްވުމުގައި، ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ފައިނޭންސް ކުރުމާއި، މުސްތަގުުބަލުގައި ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު، ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު އަދި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އިއްޔެ ބެއިޖިންގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިގުތިސާދަށް ކަސްޓަމަރުންނާއި އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، އިގުތިސާދީ ކުރިއެރުމަށް ހެޔޮ އަސަރުކުރާނެ އިސްލާހީ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ޗައިނާއިން ރާއްޖެއަށް އެއްބާރުލުން ދެއްވުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އެދިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް