ads
އީ-ކޮމާސް ޕްލެޓްފޯމްތައް ތައާރަފުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުން.
އީ-ކޮމާސް ޕްލެޓްފޯމްތައް ތައާރަފުކުރަން އެމެރިކާގެ ސަފީރާއެކު މަޝްވަރާކޮށްފި
ދިވެހިރާއްޖެއަށް އީ-ކޮމާސް ޕްލެޓްފޯމްތައް ތައާރަފުކުރުމާއި ގުޅޭގޮތުން އެމެރިކާގެ ސަފީރާއެކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު މަޝްވަރާކުރައްވައިފި އެވެ.
Advertisement

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ބައްދަލުކުރައްވައި މި މަޝްވަރާތައް ކުރިއަށްގެންދެވީ މިއަދު ހެނދުނު އެވެ.

މިކަމާ ގުޅޭ ގޮތުން މިނިސްޓަރު ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާ ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދާދިފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާކުރެވުނު ޓްރޭޑް އިންވެސްޓްމެންޓް ފްރޭމްވޯކް އެގްރީމެންޓް (ޓީފާ) އާއި ގުޅޭ ގޮތުން އިތުރަށް މަޝްވަރާތައް ކުރެއްވެވުނު ކަމަށެވެ. 

މި ބައްދަލުކުރެއްވުމުގައި އެންމެ މުހިންމުކަމެއްގެ ގޮތުގައި މަޝްވަރާކުރެވުނީ ދިވެހި ވިޔަފާރިވެރިންނަށް އީ-ކޮމާސް ޕްލެޓްފޯމްތައް ތައާރަފްކުރުމާއި ގުޅޭގޮތުން ކަމަށް މިނިސްޓަރުގެ ޕޯސްޓުގައި ފާހަގަކުރައްވައިފައިވެ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރައީސްމެނިފެސްޓޯއާ އެއްގޮތަށް އެންމެ އިސްކަމެއް ދެއްވާނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އީ-ކޮމާސް ޕްލެޓްފޯމްތަކަށް ފުޅާ ދާއިރާއެއްގައި ވަދެވޭނެ މަގުފަހިކޮށްދިނުމަށް ކަމަށެވެ.

އީ-ކޮމާސް ޕްލެޓްފޯމްތަކުގެ ފަސޭހަކަން ދިވެހި ވިޔަފަރިވެރިންނަށް ލިބޭނެހެން އީ-ވޮލެޓްގެ ހިދުމަތްތައް ތައާރަފްކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން ވެސް މިނިސްޓަރު ފާހަގަކުރައްވައިފައިވެ އެވެ.

ސަރުކާރުން -ވޮލެޓްގެ ހިދުމަތް ތައާރަފުކުރީ މެއިމަހުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް