ads
އުނގޫފާރު ކުއްޖާ ކަރަންޓް ޖެހުނީ ފެނަކަގެ އިހްމާލުން، ބައިލައްކައިން ޖޫރިމަނާ
ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން ޒުވާނަކު ނިޔާވި ހާދިސާ ހިނގާފައިވަނީ ފެނަކައިގެ އިހުމާލުން ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ބުނެފިއެވެ.
Advertisement

އެ އޮތޯރިޓީން ބުނީ އެ ހާދިސާ ހިނގުމުން އެކަންވީ ގޮތް ބަލަން ތަހުގީގެއް ހިންގިކަމަށެވެ. އެ ތަހުގީގުން އެނގުނީ އެ ހާދިސާ ހިނގަން މެދުވެރިވީ މަގު ބައްތިތަކުގައި ހުންނަން ޖެހޭ ސަލާމަތީ އިކުއިޕްމަންޓު ތަކުގެ ތެރޭގައި ހިމެނޭ އާތް ލީކް ސާކެޓް ބްރޭކާ (އީއެލްސީބީ) އަދި މިނިއޭޗާ ސާކެޓް ބްރޭކާ (އެމްސީބީ) ހަރުކުރެވިފައިނުވާ މަގު ބައްތިތަކަށް ފެނަކައިން ކަރަންޓު ދީފައި ވާތީ ކަމަށެވެ. 

އުނގޫފާރުގެ އިތުރުންވެސް ގިނަ ރަށްތަކުގެ މަގު ބައްތިތަކުގައި އީއެލްސީބީ ހަރުކޮށްފައިނުވާ ކަން އެ ޔުޓިލިޓީ އޮތޯރިޓީ ބުނެއެވެ.

 ކަރަންޓު ދިނުމުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކައިން އިހުމާލު ވެފައިވާތީ އެ ކުންފުނި 50،000ރ އިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އެ ފައިސާ ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށްވެސް ފެނަކައަށް ޔުޓިލިޓީ އޮތޯރިޓީ ވަނީ އަންގާފައެވެ. 

މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ފެނަކައިން ކަރަންޓު ފޯރުކޮށްދޭ ރަށްތަކުގެ މަގު ބައްތިތަކުގެ ތެރެއިން އީއެލްސީބީ އަދި އެމްސީބީ ހަރުނުކުރާނަމަ ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި އެ ތަކެތި ހަރުކުރުމަށްވެސް ފެނަކައަށް އެ އޮތޯރިޓީ އިން ވަނީ އަންގާފައެވެ.

މިދިޔަ މޭމަހު އުނގޫފާރުގައި ހިނގި ހަދިސާ ކަރަންޓްގައި ޖެހުމުން ފަރުވާދެމުން ދަނިކޮށް ނިޔާވީ  އުމުރުން 18 އަހަރުގެ ޒުވާނެކެވެ. އޭނާ ނިޔަވީ އެ ހާދިސާ ހިނގިފަހުން ހޭ ނާރާ އޮވެއެވެ. 

މި ހާދިސާ ދިމާވީ މަގުމަތީގައި އޮތް ފެންގަނޑަކަށް ކަރަންޓް އައިސްގެންނެވެ. މި ހާދިސާގައި އަށް އަހަރުގެ ފިރިހެން ކުއްޖަކާއި 12 އަހަރުގެ އަންހެން ކުއްޖަކުވެސް ވަނީ ކަރަންޓްގައި ޖެހިފަ އެވެ. ނިޔާވި 18 އަހަރުގެ ޒުވާނަކީ އެ ކުދިން ސަލާމަތް ކުރަން އެރުނު މީހާއެވެ.

ރަށްތަކުގައި ހަރުކުރެވިފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ ރައްކާތެރިކޮށް ނޫންކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުންވެސް ވަނީ  ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް