
މި މަޝްރޫއުގެ ތަފްސީލުތަކެއް އެޗްޑިސީން އަދި އާއްމެއް ނުކުރެއެވެ.
އެހެންނަމަވެސް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވަނީ ޗެނަލް 2 މަޝްރޫޢުގެ ބައެއްގެ ގޮތުގައި ތަރައްޤީ ކުރެވެމުންދާ އިރުމަތީ ބީޗް ސަރަޙައްދަށް ޒިޔާރަތްކޮށް، މަސައްކަތް ކުރިއަށްދާގޮތް މިއަދު ބަލާފައެވެ.
ހުޅުމާލޭ 2 ގެ ޓޫރިޒަމް ޒޯން "އާބަން އައިލް" ސަރަހައްދުގައި އާޓިފިޝަލް ބީޗެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ސަރަހައްދުގައިވާ ޗެނަލް ބްރިޖު ވަނީ ހުޅުވާފައެވެ. އާޓިފިޝަލް ބީޗު ހަދަނީ ހުޅުމާލެ 2ގެ އެންމެ އުތުރަށް އޮންނަ ސަރަހައްދުގައެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވަނީ ޗެނަލް 2 މަޝްރޫޢުގެ ބައެއްގެ ގޮތުގައި ތަރައްޤީ ކުރެވެމުންދާ އިރުމަތީ ބީޗް ސަރަޙައްދަށް ޒިޔާރަތްކޮށް، މަސައްކަތް ކުރިއަށްދާގޮތް ބަލާލަނީ
މި މަސައްކަތްތައް ފެންނަ ވިޑިއޯއެއް އެޗްޑީސީން ވަނީ އާއްމުކޮށްފައެވެ. މި ވީޑިއޯތަކުން އެ ސަރަހައްދުގައި ހަދާފައިވާ ބްރިޖުގެ ދަށުން ފެން ދައުރުވާގޮތް ހެދުމަށް މަސައްކަތް ކުރަމުންދާރަން ފެނެއެވެ. އަދި އާޓިފިޝަލް ބީޗުގެ މަސައްކަތް ކުރަމުންދާތަންވެސް ފެނެއެވެ.
"އާބަން އަައިލް"ގެ ނަމުގައި ހުޅުމާލެ 2 ގައި ތަރައްގީކުރާ ޓޫރިޒަމް ޒޯނަށް 100،000 އަކަމީޓަރުގެ ބިމުގެ ސަރަހައްދެއް ވަނީ ހަމަޖައްސާފައެވެ.
ހުޅުމާލެގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" މަޝްރޫއުގައި ހިމެނޭ "ސްޕައިން" ރަމްޒުކޮށްދޭ ހަތް އިމާރާތެއް އެޅުމަށް ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާ ވަނީ ހަވާލުކޮށްފައެވެ.
މި ޕްރޮޖެކްޓަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ހޭދަވާނެ އެވެ.
ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" ގައި ވިޔަފާރި ހަރަކާތްތަކަށް ހާއްސަ އިމާރާތްތަކެއް އެޅުމަށް ކުރިން ވެސް ވަނީ ޕްލޭންކޮށްފަ އެވެ. އެތަނުގައި ހަދާ ކޮމާޝަލް އޭރިއާއަކީ ޓޫރިޒަމް އޭރިއާގެ ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައް ދޭން ހަދާ ބައެކެވެ.