ads
ޝަމްނާޒް ބަންދުކުރި މައްސަލަ ކޯޓުން ބަލައިނުގަތް
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އޭނާގެ ކޮއްކޮ ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު ބަލައިގަންނަން ހައިކޯޓުން ދެކޮޅު ހަދައިފިއެވެ.

ޝަމްނާޒް އަދި އޭނާގެ ކޮއްކޮ ބަންދު ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު، ޝަމްނާޒް އާއި އޭނާގެ ކޮއްކޮ، ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ މިހާރު ވަނީ ދޫކޮށްލާފައެވެ. ބަންދުން ދޫކޮށްލި ނަމަވެސް އެ މައްސަލަ ފުލުހުން އަންނަނީ އަދިވެސް ތަހުގީގު ކުރަމުންނެވެ.

ޝަމްނާޒްއާއި އޭނާގެ ކޮއްކޮގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ކޯޓަށް ބަލައިގަންނަން ދެކޮޅު ހަދާފައިވަނީ އެ މައްސަލައިގައި  ޝަމްނާޒްގެ ފަރާތުން އެކަށީގެންވާ ގާނޫނީ ބަހުސެއް އުފައްދާފައި ނުވާތީ އެކަމަށް ބަލައެވެ. ހައިކޯޓަށް މައްސަލަ ބަލައިގަންނަން ދެކޮޅު ހަދައި، އެކަން ރަސްމީކޮށް ޝަމްނާޒްއަށް ހައިކޯޓުން މިހާރުވަނީ ލިޔުމުން އަންގާފައެވެ.

އެ މައްސަލަ ހައިކޯޓުގެ ރަޖިސްޓްރާ ބަލައި ނުގަތްނަމަވެސް އެ މައްސަލަ އަދި ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ޝަމްނާޒްއަށް އޮންނާނެ އެވެ. އެއީ ރަޖިސްޓްރާގެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ފަނޑިޔާރުންނަށް ހުށަހަޅާ ހުށަހެޅުމެވެ.

ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒާއި އޭނާގެ ކޮށްކޮ ހައްޔަރުކުރީ މިދިޔަ ޖޫން 23 ވަނަ ދުވަހު އެވެ. ޝަމްނާޒާއި އޭނާގެ ކުރީގެ ފިރިކަލުން އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒަކީ މާލޭގެ މޭޔަރެއްގެ ގޮތުގައި ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު ރައީސް މުއިއްޒުގެ އެންމެ އަރިސް ދެބޭފުޅުންނެވެ. ނަމަވެސް ރަމީޒުއާއި ޝަމްނާޒުއާ ދެބޭފުޅުންވެސް މިވަގުތު ތިއްބެވީ މަގާމުން ސަސްޕެންޑް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް