ads
އަހުމަދު ތާރިގު (ޓޮމް) ފޮޓޯ އަވަސް
މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތްކުރަން ޖެހޭ
މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތްކުރަން އިތުރު މަސައްކަތްކުރަން ޖެހޭ ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
Advertisement

މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތްކުރަން އިތުރު މަސައްކަތްކުރަން ޖެހޭ ކަމަށް ޓޮމް ވިދާޅުވީ އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރަން ފީފާ އިން ނިންމުމަށް މަރުހަބާ ކިޔައި އެކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައެވެ.

2016 ވަނަ އަހަރު ހަތަރު މަހެއްހާ ދުވަހު އެފްއޭއެމްގެ ރައީސްކަން ކުރެއްވި އަދި މިފަހުން ބާއްވަން މަސައްކަތް ކުރި އިންތިހާބުގައި ދެ ފަހަރުވެސް ވާދަކުރައްވަން މަސައްކަތް ކުރެއްވި ޓޮމް ވިދާޅުވީ ދިވެހި ފުޓްބޯޅައަށް ދިމާވެފައިވާ ގިލަންވެރިކަމުން ސަލާމަތްކުރަން ފެށި މަސައްކަތުގެ އެއް މަރުހަލާ ނިމުނީ ކަމަށެވެ.

ދިވެހިފުޓްބޯޅައަށް ދިމާވެފައިވާ ގިލަންވެރިކަމުން ސަލާމަތްކުރަން ފެށި މަސައްކަތުގެ އެއް މަރުހަލާ ނިމުނީއެވެ. މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތް ކުރުމަށް އަދިވެސް ކުރަންހުރި މަސައްކަތް މަދެއްނޫނެވެ. ފީފާގެ ނިންމުމަށް މަރުޙަބާއެވެ.  

ފީފާއިން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރަން ރޭ ނިންމިއިރު، ޓޮމްވަނީ އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށް ކުރިންވެސް ވިދާޅުވެފައެވެ. 

ފީފާއިން އެފްއޭއެމް ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރީ، އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް ކަންކަން ހަމައަކަށް އަޅުވައި އާ އިންތިހާބެއް ބޭއްވުމުގެ މެންޑޭޓް އެސައިންކޮށްފައެވެ.

ފީފާ ބުނެފައިވަނީ، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމް، ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވަނީ، އެ އެސޯސިއޭޝަންގެ ގަވަރްނަންސްގެ މައްސަލަތަކާއި މާލީ ގޮތުން އިންތިހާ އަށް ދަށަށް ގޮސްފައިވާތީ، އެކަންކަން ހައްލުކޮށް ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށެވެ. 

އަންނަ އަހަރުގެ ޖުލައި 31 އަށް ނޯމަލައިޒިން ކޮމިޓީ އަށް މުއްދަތު ދީފައިވީ ނަމަވެސް، އެ ކޮމިޓީއާ ހަވާލުކުރެވޭ މެންޑޭޓްގެ ތެރެއިން ކަންތައްތައް ފުރިހަމަވިހާ އަވަހަކަށް ކޮމިޓީގެ ދައުރު ހަމަވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް