ads
ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
އައްޑޫން ކަރަންޓު ކެނޑެމުން ގެންދާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަަޅައިފި
އައްޑޫ ސިޓީގެ އެކި ސަރަަހަރައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓު ކެނޑެމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަަޅައިފި އެވެ.
Advertisement

މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް އެންމެ އަސާސީ މިންވަރަށް ވެސް ކަރަންޓުގެ ހިދުމަތް ލިބެމުން ނުދާ ކަމަށާއި އެއީ ސަރުކާރުން އައްޑުއަށް ވަމުންދާ އިހުމާލެއް ކަމަށެވެ.

އެގޮތުން ފެނަކައިގެ އިސް ފަރާތްތައް އަދި މާލޭގައި ތިއްބެވި ބޭފުޅުންގެ އިހުމާލު ބޮޑުކަމަށް ފާހަގަކުރެވޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.

ހަތް މަސް ދުވަސްވެގެން ދިޔައިރު އިންޖީނުތަކަށް ބޭނުންވާ ސްޕެއަރ އެންމެ ކުޑަމިނުން އިސްކުރެއްހައި ހިސާބު ވެސް ފޯރުކޮށްނުދެވި އޮތުމަކީ ހަގީގަތުގަ ވެސް މީގަ ބޮޑުތަނުން އިހުމާލުވެފައިވާ ކަމެއް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތް އެންމެ އަސާސީ ފެންވަރަށް ފޯރުކޮށްދިނުމަށް ވެސް ސަރުކާރުން ނުކުޅެދިފައިވާތީ، ތަކުރާރުކޮށް ނިވިދިއްލޭ ބޮތްކެއް ހެން އެ ރަށްތަކުގެ ކަރަންޓު ކެނޑެމުންދާ ކަމަށެވެ.

އެގޮތުން ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ރަށުގެ ސްކޫލްތަކުންނާއި އޮފީސްތަކުންނާއި ފިހާރަތަކުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ފޯރުކޮށްނުދެވޭ ކަމަށް ނާޒިލް ވިދާޅުވި އެވެ.

''މުޅި އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް 30,000 ވަރަށް ބޮޑެތި ދަތި އުނދަގޫތަކެއް އެބަ ލިބޭ. ސްކޫލުތަކަށް ކުދިން ނުފޮނުވި ސްކޫލުތައް އެބަ ބަންދުކުރޭ. 10 ޖަހާއިރު ކަރަންޓް ކެނޑޭ ގޮތަށް ކަރަންޓް ނެތި ހޭލާ އުޅެން ޖެހެނީ.'' އެމްޑީޕ މެންބަރު ވިދާޅުވިއެވެ.

މި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގައިތީ ވޯޓުގައި ބައިވެރިވެވަަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް