ads
ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ
ރާއްޖެއަށް ދޭ އެހީ ކުޑަކުރަން އިންޑިއާ ބަޖެޓްގައި ހިމަނައިފި
މިއަހަރު އިންޑިއާއިން ރާއްޖެއަށް ދޭ ހިލޭ އެހީގެ އަދަދު މުރާޖާކޮށް އެ އަދަދު ކުޑަކުރަން ބަޖެޓްގައި ހިމަނައިފިއެވެ.
Advertisement

މިއަހަރު އިންޑިއާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑް ރުޕީސް (1 ބިލިއަން ރުުފިޔާ) ދިނުމަށް ބަޖެޓުގައި ހިމަނަން ހުށަހެޅިއެވެ އެހެންނަނަމެވެސް އެ އަދަދު އަލުން މުރާޖާކުރުމަށްފަހު އަދަދު 400 ކްރޯޑް ރުފީސް ( 732 މިލިއަން ރުފިޔާ ) އަށް މި ހާރު ކުޑަކޮށްފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. މީ ކުރިން ހުށަހެޅި އަދަދަށް ވުރެ 48 އިންސައްތަ މަދު އަދަދެކެވެ.

ރާއްޖެ އަށް ދޭ އެހީ ކުޑަކޮށްފައި ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން މި ސަރުކާރުގައި ހީނަރުވެފައިވަނިކޮށްކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ޗައިނާ ގުޅުން ބަދަހިކޮށް އިންޑިއާއި ގުޅުން ހީނަރުވެފައިވާކަންވެސް އިންޑީއާގެ ނޫސްތަކުން  ވަނީ ފާހަގަކޮށްފައެވެ. 

އިންޑިއާއިން މިއަހަރު އެންމެ ބޮޑު އެހީއެއް ދޭން ބަޖެޓްގައި ހިމަނާފައިވަނީ ބޫޓާން އަށެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދޭން ނިންމާފައިވަނީ ނޭޕާލްއަށެވެ.

އިންޑިއާގެ ބޮދު ވަޒީރު މޯދީ އާ ދައުރަކަށް ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވުމަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން ެއެ ދަތުރު ވަރަށް ކާމިޔާބުކަށާއި ކުރިޔަށްވުރެވެސް އިންޑީއާ ރާއްޖެއަށް ރަނގަޅުވެގެންދާނެކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ރައީސް މުއިއްޒުގެ ސަރުކާރާ ހަވާލުވުމަށްފަހު، ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ވަނީ ކޮންމެވެސް ވަރެއްގެ ބުރޫތަކެއް އަރާފައެވެ. އެގޮތުން ރާއްޖޭގެ ތިން ނައިބު ވަޒީރަކު މޯދީއަށް ސޯޝަލް މީޑިއާގައި މަލާމަތް ކުރުމާއި ރައީސް މުއިއްޒުގެ ނުސީދާ ބަހުގެ ހަމަލާތަކަކަށްފަހު ދެ ގައުމުގެ ހާރިޖީ ގުޅުން ގޯސްވިއެވެ.

ނަމަވެސް، އޭގެ ފަހުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާ އެ ގައުމުން ބޭނުންވި ގޮތަށް މަދަނީން ގެނެސް، ހާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ދަތުރާއެކު ދެ ގައުމުގެ ގުޅުންވަނީ ކުރިއަށްވުރެ ރަނގަޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް