ads
ކާވާ 20 އަހަރުން ދަށުގެ ޗެމްޕިއަންކަން ކިރްގިސްތާނަށް
ކާވާ 20 އަހަރުން ދަށުގެ ޗެމްޕިއަންކަން ކިރްގިސްތާނަށް
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދައިފިއެވެ.
Advertisement

ކާވާ 20 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދީ ފައިނަލުގައި ސްރީ ލަންކާ ބަލިކޮށްގެންނެވެ. މި މެޗުން ކިރްގިސްތާނު ލަންކާގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. މުބާރާތުގެ ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ކާމިޔާބުކުރީ 3-2 ސެޓުން ސްރީ ލަންކާ އެވެ. ފައިނަލް މެޗުގެ ސެޓުތައް ކިރްގިސްތާނުން ގެންދިޔައީ 28-26, 17-25 އަދި 25-19 އިންނެވެ.

މި މުބާރާތުގައި ވާދަކުރި ދިވެހި ޓީމު ދިޔައީ ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވެގެން މުބާރާތުގެ ފުލަށެވެ.

ފައިނަލް މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް