ޖަނާހު އަކީ އެ ޖަމްިއއްޔާގެ މި ދައުރުގެވެސް ރައީސްއެވެ.
ރޭ ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާއްމު ޖަލްސާގައިވަނީ އެ ޖަމިއްޔާގެ ބޯޑަށް 26 މެމްބަރުން ވަނީ އައްޔަންކޮށްފަ އެވެ. ބޯޑަށް އައްޔަންކުރި މެމްބަރުންގެ ތެރޭގައި ރާއްޖޭގެ ކޮންސްޓަކްޝަން ދާއިރާގައި އެންމެ ނަގާކިޔާ ކުންފުނިތަކެއްގެ އެންމެ އިސްވެރިން ހިމެނެ އެވެ.
މަސީގެ ރައީސްކަމަށް ޖަނާހު އައްޔަންކުރި އިރު ޖަމިއްޔާގެ ދެ ނައިބުން ތިބެ އެވެ. ނައިބު ރައީސުންގެ ގޮތުގައި އައްޔަންކުރީ އަބްދުﷲ ސާލިހާއި އަލާއު އަލީ އެވެ. ޖަމިއްޔާގެ އެސްޖީއަކީ އަދުނާން ހަލީމް އެވެ. މަސީގެ ބޯޑަށްް އައްޔަންކުރި މެމްބަރުންގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ހަތަރު މެމްބަރަކުވެސް ހިމެނެއެވެ. އެ މެމްބަރުންނަކީ ރާއްޖޭގައި އިމްރާތްކުރުމުގެ ވިޔަފާރީގައި އެންމެ ނަން ކިޔާ ކުންފުންނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނެވެ.
މަސީގެ ބޯޑަށް ހޮވުނު މަޖިލިސް މެމްބަރުން
މަސީގެ ބޯޑަށް ހޮވި މެމްބަރުންގެ އިތުރުން ކުރީގެ ރައީސުންގެ ގޮތުގައިވެސް އިސް މަގާމެއް ވަނީ އުފައްދާފަ އެވެ. އެމަގާމަށް ހޮވީ އަމީން ކޮންސްޓަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދާއި އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ ވެރިޔާ އިބްރާހީމް ވަހީދު އެވެ.
ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތު ކުރިއަރުވަން މަސައްކަތްކުރާ މަސީގެ މެމްބަރުންގެ ގޮތުގައި އެ ދާއިރާގައި މަސައްކަތް ކުރާ 190 ކުންފުނި ހިމެނެ އެވެ.