ads
އަލީ ޒާހިރު-----ފޮޓޯ: އަވަސް
އަލީ ޒާހިރަށް ސުޕްރީމް ކޯޓުންވެސް ނާކާމިޔާބު
ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ފަރާތުން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ދައްކަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުންވެސް އެންމެ ފަހުން ނިންމައިފި އެވެ.
Advertisement

ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ފަރާތުން މޮރިޝަސް ބޭންކަށް 2.3 މިލިއަން ދައްކަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު، ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ކުރިންވަނީ އެ ގޮތަށް ހުކުމްކޮށްފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އަލީ ޒާހިރުގެ ފަރާތުންނެވެ.

މޮރިޝަސް ބޭންކަށް 2.3 މިލިއަން ރުފިޔާ ދައްކަން 2018 ވަނަ އަހަރު އަލީ ޒާހިރަށް ބޭންކުން އެންގީ އޭނާ މީހަކަށް 2.3 މިލިއަން ރުފިޔާގެ ޗެކެއް ދޫކުރުމުން އެކައުންޓްގައި އެ އަދަދަށް ފައިސާ ނެތީސް، އޯވަޑްރާފްޓްގެ ގޮތުގައި ބޭންކުން އެ ޗެކަށް ފައިސާ ދޫކޮށްފައިވާތީ އެވެ.

އަލީ ޒާހިރުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މެޖޯރިޓީން މިއަދު ކުރެއްވި ހުކުމުގައިވަނީ އެކައުންޓްގައި ފައިސާ ނެތަސް، ޗެކެއް ދޫކުރުމުން ފައިސާ ދޫކުރުމުގެ އިހްތިޔާރު ބޭންކްތަކަށް ގާނޫނުގެ ދަށުން އޮންނަ ކަމަށެވެ. 

އެކައުންޓްގައި ފައިސާ ނެތަސް، އޯވް ޑްރާފްޓްގެ ގޮތުގައި ފައިސާ ދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށް މޮރިޝަސް ބޭންކުން ކަސްޓަމަރުންނާ އެކު ހެދޭ އެއްބަސްވުމުގައި ވެސް ބަޔާން ކޮށްފައިވާ ކަމަށް ހުކުމުގައިވެ އެވެ. މެޖޯރިޓީ ހުކުމް ކުރެއްވީ އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.

އެ މައްސަލާގައި ރައުޔު ތަފާތުވެ މައިނޯރިޓީ ހުކުމް ކުރެއްވީ އަލީ ރަޝީދު ހުސައިންއެވެ. އޭނާގެ ރައުޔަކީ އެ ފައިސާ އަލީ ޒާހިރުގެ ފަރާތުން ދައްކަން ނުޖެހޭނެ ކަމަށެވެ. 

އެ ރައުޔުގައިވަނީ އެކައުންޓްގައި ފައިސާ ނެތީސް، އޯވާޑްރޯކޮށްގެން ފައިސާ ދޫކުރުމުގެ ބާރު ބޭންކްތަކަށް އޮންނަނީ އެއްވެސް ހިފެހެއްޓުމެއް ނެތި ނޫން ކަމަށެވެ. އަދި 2.3 މިލިއަން ރުފިޔާގެ ޗެކް ދޫކުރިއިރު އަލީ ޒާހިރުގެ އެކައުންޓްގައި ހުރީ އެންމެ 500ރ. ކަމަށާއި އެހެންވެ، އެ އެހާ ބޮޑު އަދަދެއް އެމްސީބީން ދޫކުރީ ބޭންކަށް އޮޅިގެން ކަމަށް ބެލެވޭ ކަމަށް އެ ރައުޔުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް