ads
އައްޑީ ސިޓީ މޭޔަރު އަލީ ނިޒާރާއި ފެނަކަގެ އެމްޑީ މުއާޒު
އައްޑޫ ކަރަންޓް މައްސަލާގައި ނިޒާރާއި މުއާޒު ޒުވާބަކަށް
އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލާގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
Advertisement

ކުރީގެ ސަރުކާރުން ފެނަކައިން އަޅަން ފަށާފައިވާ އިންޖީނުގެއަކީ ކޮރަޕްޝަންގެ އަމަލެއްކަމަށްް އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.  

މުއާޒު މިހެން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީން ދޭތެެރެ ދޭތެރެއިން ކަރަންޓް ކެނޑޭތީ އެކަމާއި ގުޅިގެން މިއަދު އިދިކޮޅު އެމްޑީޕީން މަޖިލިހަށް ކުއްލި މައްސަލައެއް ހުށައަޅާ ބަހުސްކޮށްފައި ވަނިކޮށެވެ.

މިއަދުގެ ބަހުސްގެ މަރުހަލާގައި އިދިކޮޅު ބައެއް މެމްބަރުންވަނީ އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރަން މިދިޔަ ސަރުކާރުން އަޅަން ފެށި އިންޖީނުގޭގެ ބޮޑު ބައެއް ނިމިފައިވަނިކޮށް އެ މަސައްކަތް ހުއްޓާލާފައިވާކަމަށްް ބުނެ ސަރުކާރަށް ފާޑު ކިޔާފައެވެ.

މި ވާހަކަތަކަށްް ރައްދުދެއްވަމުން މުއާޒު އޭނާގެ އެފްބީގައި ކުރެއްވި ޕޯސްޓެެއްގައި ވަނީ އައްޑޫ އާ އިންޖީނުގެއައަކީވެސް ހިޔާނަތްކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކަމަށްް މާކެޓް ރޭޓަށްވުރެ އިތުރަށް އެތައް މިލިއަނެއް ހޭދަކޮށްފައިވާކަމަށް މުއާޒު ވިދާޅުވިއެވެ.

" މާކެޓް ރޭޓުގައި 44 މިލިއަން ރުފިޔާ އަށް ނިންމޭނެ އިމާރާތެއް 76 މިލިއަން ރުފިޔާ ހަރަދު ކުރިއިރުވެސް ނުނިމުން. ނާޖާއިޒުކޮށް އެތައް މިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވުން." މުއާޒު އެފްބީގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

އައްޑޫސިޓީގެ އިންޖީނުގެ މަސައްކަތަށް 99 މުވައްޒަފުން ނަގާފައިވާކަމަށްވެސް މުއާޒު ވިދާޅުވިއެވެ. 

your imageފެނަކައިން ކުރީ ސަރުކާރުގައި އައްޑޫގައި އަލަން ފެށި އިމާރާތް

މުއާޒުގެ މިވާހަކަތައް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ ރައްދުދެއްވާފައެވެ. އަލީ ނިޒާރުވަނީ، އޭސީސީގައި ދައްކަންޖެހޭ ވާހަކަ ނުދައްކާ އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލުކޮށްދިނުމަށް މުއާޒަށް ގޮވާލާފައެވެ. ގޮވާލާފައެވެ.

" މަނިކުފާނު ހަވާލުވީ ފެނަކަ ހިންގަވަން. ފެނަކަ އޮޑިޓް ކުރާކަށްް ނޫން. އައްޑޫގައި އަޅަން ފަށާފައިވާ ޕަވާ ހައުސް ނިންމަވާ ޖަނަރޭޓަރު ގެންނަވާ، ފައިސާ ހޯދަން އެގެންވާނެ، ސަރުކާރުން ފައިސާ ލިބޭނެ، ނޭގޭނަމަ ކުރީގެ އެމްޑީ ސައީދުގފެ މަޝްވަރާ ހޯއްދަވާ." އަލީ ނިޒާރު، މުއާޒަށް ރައްދުދެއްވާ އެފްބީގައި ކުރި ޕޯސްޓަގައިވެއެވެ.
 އައްޑޫ ސިޓީއަށް ދިމާވަމުންދާ ކަރަންޓު މައްސަލަ ތަކުގެ ސަބަބުތައް ކަމަށް ވިދާޅުވެ މުއާޒު ގެންދަވަނީ އެފްބީގައި ޕޯސްޓަ ހިއްސާކުރައްވަމުންނެވެ. 
" ވެރިކަން ބަދަލުވިއިރު ޖަނަރޭޓަރުތަކުގެ ހާލަތު އިންތިހާއަށް ދަށްވުން.( އެތައް މިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވަމުން ދިޔައިރު ޖެނެރޭޓްރުތަައް މެއިންޓެއިން ނުކޮށް އިހުމާލުވުން) " އައްޑޫ ސިޓީއަށް ދިމާވަމުންދާ ކަރަންޓު މައްސަލަތަކުގެ ސަބަބުތައްކަމަށް ބުނެ މުއާޒު ކުރެއްވި ޕޯސްޓެއްގައިވެއެވެ.

ފެނަކައިން ބުނީ އައްޑޫ ސިޓީގެ ކަރަންޓް ރަނގަޅުކުރަން 1.6 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް