ads
ރައްޔިތުން މަޖިލީހުގެ 20 ވަނަ ދައުރުގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ:މަޖިލިސް)
މެމްބަރުން ސަސްޕެންޑްކުރެވޭ ގޮތަށް ގަވައިދު ފާސްކޮށްފި
ސުލޫކީ މިންގަޑާއި މެމްބަރުން ހިލާފު ވެއްޖެނަމަ މެމްބަރުން ސަސްޕެންޑް ކުރެވޭގޮތަށްް ހިމަނާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިއަދު ފާސްކޮށްފިއެވެ.
Advertisement

އާ މަޖިލީހުން މިހާތަނަށް އަމަލުކުރަމުން އައީ 19 ވަނަ ރައްޔިތުން މަޖިލީހުން ބޭނުންކުރަމުން އައި ގަވައިދަށެވެ. މަޖިލީހުގެ އާ ގަވައިދު އަލުން އެކުލަވާލީ އާންމު ކޮމިޓީންނެވެ. 

އާ ގަވައިދު ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ. ގަވާއިދު ފާސްކުރަން 62 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ.

މަޖިލީހުގެ ގަވައިދަށް ގެނައި ބަދަލުތަކުގެ ތެރޭގައި މެންދުރު ނަމާދު ވަގުތަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ނިންމަން ވަނީ ހިމަނާފައެވެ. މިހާރު މަޖިލީހުގެ ޖަލްސާގެ ތެރެއިން 12:30 އިން 1:00 އަށް ލިބޭ ހުސް ވަގުތު މެންދުރު ނަމާދު ވަގުތަށް ބުރޫނާރާނެ ގޮތައް ބަދަލުކުރަން ވަނީ ނިންމާފައެވެ. ކޮމިޓީން ނިންމީ އެ ހުސް ވަގުތު 12:00 އިން 1:00 އާ ދެމެދަށް ބަދަލުކުރުމަށެވެ. 

މީގެއިތުރުން އެންޓި ޑިފެކްޝަން ގާނޫނާ ފުށުއަރާ ގޮތަށް މަޖިލީހުގެ ގަވާއިދުގައި ހުރި މާއްދާތައް އުވާލަންވެސް ވަނީ ނިންމާފައެވެ. 

މަޖިލީހުގެ ސުލޫކީ މިންގަނޑާ ހިލާފުވާ މެންބަރުން ވަކި އަދަދަކަށް ކޮމިޓީއާއި ޖަލްސާތަކުގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑުކުރަން އަލަށް ފާސްކުރި ގަވައިދުގައި ވަނީ ހިމަނާފައެވެ. މި އުސޫލުން މެމްބަރުން ސަސްޕެންޑް ކުރި ނަމަވެސް ރައީސް ވަކިކުރުން ފަދަ މުހިންމު ކަންކަން އޮންނަ ޖަލްސާތަކުގައި އެ މެންބަރުންނަށް ބައިވެރިވެވޭނެކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ. 

ސުލޫކީ މިންގަނޑާ ހިލާފުވުންކަމަށް ގަވައިދުގައި މާނަކޮށްފައިވަނީ ރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކައި ހިލާފުވުމުގެ އިތުރުން މެމްބަރުންގެ ސުލޫކީ މިންގަނޑުގެ ގޮތުގައި ހިމެނޭ ކަންކަމުގެ ތެރެއިން ކަމަކާ ހިލާފުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް