ads
ހިސާން
އެމްޑީޕީގެ ނައިބު ރައީސްކަމަށް ހިސާން އައްޔަންކޮށްފި
އެމްޑީޕީގެ ނައިބް ރައީސްގެ މަގާމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސެއިން އައްޔަންކުރުމުން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ރުހުން ދީފި އެވެ.
Advertisement

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަންވެސް ކުރައްވާފައިވާ ހިސާން، އެމްޑީޕީގެ ނައިބް ރައީސްގެ މަގާމަށް އައްޔަންކުރެވެނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ރުހުން ލިބިގެން ކަމަށްވާތީ އެމްޑީޕީގެ ނައިބް ރައީސް ކަމަށް ހިސާންއަށް ރުހުން ހޯދުމަށް ހުށަހެޅުއްވީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އެވެ. އެމްޑީޕީގެ ނައިބް ރައީސްގެ މަގާމު ހުސްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕްގައި އަންހެން ބޭފުޅުން މަދު ކަމަށް ފެންނާތީ ޕާޓީގެ ނައިބް ރައީސްގެ މަގާމަށް ހިސާނަކީ ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ. ހިސާނަކީ އެމްޑީޕީއަށް މެދުކެނޑުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާ އަދި މިއަދުވެސް ހިދުމަތުގައި ހުންނެވި ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ނައިބް ރައީސްގެ މަގާމަށް ހިސާން އައްޔަންކުރަން ރުހުން ދިންއިރު ހިސާންގެ ފިރިކަލުންނަކީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމެންްޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް