ads
ޕެރިސް އޮލިމްޕިކްސް: ފުޓްބޯޅައިގެ ފެށުން ބޮޑު ހާޖާނަކަށް
ޕެރިސް އޮލިމްޕިކްސް: ފުޓްބޯޅައިގެ ފެށުން ބޮޑު ހާޖާނަކަށް
ޕެރިހުގައި މާދަމާ ރަސްމީކޮށް ފަށާ، އޮލިމްޕިކްސް ގޭމްސްގެ ފުޓްބޯޅައިގެ ފެށުން ބޮޑު ހާޖާނަކަށް ވެއްޖެއެވެ.

މި އަހަރުގެ އޮލިމްޕިކްސް މުބާރާތް ރަސްމީކޮށް މާދަމާ ހުޅުވުން އޮތްނަމަވެސް، ގޭމްސްގެ ފުޓްބޯޅަ އާއި ރަގްބީ އިވެންޓުން ފްރާންސްގެ ވެރިރަށް ޕެރިހުގައި ބުދަ ދުވަހުވަނީ ފަށާފައެވެ. ކޮންމެ ފަހަރަކުވެސް ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިން ބައެއް ކުޅިވަރުތައް ފެށެނެއެވެ.

ފުޓްބޯޅައިގެ ފެށުން ބޮޑު ހާޖާނަކަށްވީ، އާޖެންޓީނާއާ މޮރޮކޯ މެޗުގެ ފަހުކޮޅުއެވެ. މި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކުރީ މޮރޮކޯއެވެ. މި މެޗުގެ ފަހުކޮޅު ސަޕޯޓަރުން ދަނޑަށް އަރައިގެން، މި މެޗުގެ އެންމެ ފަހު ތިން މިނިޓު ފުރިހަމަ ކުރަން ޖެހުނީ ދޮޅު ގަޑިއެއްހާއިރަށް މެޗު ހުއްޓާލައިގެން ތިބުމަށް ފަހުއެވެ.  

މެޗު ހާޖާނަކަށްވީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ކްރިސްޓިއަން މެޑީނާ އާޖެންޓީނާ އަށް ގޯލެއް ޖަހައިދިނުމާ ދެ ޓީމު އެއްވަރުވުމުން މޮރޮކޯ ސަޕޯޓަރުން ދަނޑަށް އަރައިގަތުމުންނެވެ. މިއާ ގުޅިގެން މެޗު މެދުކަނޑާލި އިރު، ވީއޭއާރު ރިވިއު އަށް ފަހު، އޮފްސައިޑް ހާލަތަކާ އެކު އާޖެންޓީނާގެ ގޯލު ބަލައި ނުގަންނަން ނިންމި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް