ads
ތިނަދޫ މަގުހެދުމުގެ މަޝްރޫގެ ދަށުން ފޭސް 2ގެ މަސައްކަތް ނިމިއްޖެ - ފޮޓޯ: ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން
ތިނަދޫ މަގުހެދުމުގެ މަޝްރޫގެ ދަށުން ފޭސް 2ގެ މަސައްކަތް ނިމިއްޖެ
ގދ. ތިނަދޫ މަގުހެދުމުގެ މަޝްރޫގެ ދަށުން ފޭސް 2ގެ މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓުރީ އިން ބުނެފި އެވެ.

މިނިސްޓްރީން ބުނީ، މި މަޝްރޫގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް މަގު ތަރައްގީ ކުރުމުގެ މަސައްކަތްތަކާއި  މަގުބައްތިޖެހުމުގެ މަސައްކަތްހިމެނޭ ކަމަށެވެ. 

ގދ. ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް ތާރު އެޅުމުގެ މަސައްކަތް ކުރަނީ ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ފަރާތުންނެވެ.

މި މަސައްކަތް އާރްޑީސީއާއި ހަވާލު ކޮށްފައިވަނީ ކުރީގެ ރައީސް އިބުރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް