ads
ސެންޓަރަލް ޕާކު ވަށައިގެން ވަންވޭ ކުރުމުން އުޅަނދު ދުއްވަންޖެހޭ ގޮތް
ސެންޓަރަލް ޕާކު ވަށައިގެން ވަންވޭއަށް ބަދަލުކުރަނީ
ހުޅުމާލޭ ސެންޓްރަލް ޕާކު ވަށައިގެންވާ މައިމަގު އެއްކޮޅަށް ދުއްވާ މަގަކަށްް ބަދަލުކުރަން ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން ) ނިންމައިފިއެވެ.
Advertisement

އެޗްޑީސީން ބުނީ ހުޅުމާލޭ ސެންޓްރަލް ޕާކު ވަށައިގެންވާ މައިމަގު އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުވާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންކަމަށެވެ. އަދި މި ބަދަލާއި އެކު ހުޅުމާލޭ ސެންޓަރަލް ޕާކު ވަށައިގެން އޮންނަ މަގަށް ނުކުންނަ އުޅަނދުތައް އަޅަން ޖެހޭނީ ވައަތަށް ކަމަށެވެ. 

އެޗްޑީސީން ވަނީ މި މަގުން ދަތުރުކުރަން ޖެހޭ ގޮތް ދައްކުވައިދޭ ވީޑިއޯއެއް އާއްމުކޮށްފައެވެ. 

ހުޅުމާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލުކޮށް، އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ބައެއް މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެޗްޑީސީއިން ވަނީ ނިންމާފައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ 11 ސަރަހައްދަކަށް ބަދަލު ގެންނަން ނިންމާފައިވާކަމަށެވެ. މި ސަރަހައްދުތަކަކީ ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި ސަރަހައްދުތައް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.  

މަގުތަކަށް ގެންނަ ބަދަލަުތަކުގައި ބައެއް ސަރަހައްދުގައި ރައުންޑަބައުޓްސް (ވަށްބުރު) އަދި ބައެއް ސަރަހައްދުތަކުގައި މަގުމަތީގެ ނިޝާންތައް ބަހައްޓަން އެޗްޑީސީން ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް