ads
ޑެލް ޕިއެރޯ، ދަގަނޑޭ އަދި މިނިސްޓަރާއެކު
އިޓަލީގެ ލެޖެންޑް ޑެލް ޕިއެރޯ ރާއްޖޭގައި
އިޓަލީއާއެކު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ އެ ގައުމުގެ ލެޖެންޑް އަލެސެންދްރޯ ޑެލް ޕިއެރޯ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފިއެވެ.
Advertisement

ޑެލްޕިއެރޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މިހާރު ފުރާފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެލްޕިއެރޯ ފުރުމުގެ ކުރިން ޓުއަރިޒަމް މިނިސްޓަރު ފައިސަލްއާ ބައްދަލު ކުރެއްވިއެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ޑެލްޕިއެރޯއަށް އަލްވަދާއު ކިއީ، ޓުވަރިޒަމް މިނިސްޓަރު ފައިސަލްއާ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގުއެވެ.

އެލެސަންޑްރޯ ޑެލް ޕިއެރޯ ކުޅުން ހުއްޓާލި ފަހުން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރަމުން އަންނަނީ ސްކައި ސްޕޯޓް އިޓަލީގެ އެނަލިސްޓެއްގެ ގޮތުގައެވެ. 

ޑެލް ޕިއެރޯ ވަނީ 1998 އަދި 2008 ވަނަ އަހަރު ސެރީއާގެ އިޓަލީގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދާފައެވެ. އަދި ފީފާގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އޭނާ ނޮމިނޭޓް ވެފައިވެއެވެ. އޭނާއަކީ ވޯލްޑްކަޕްގެ ގޯލްޑް މެޑަލިސްޓެކެވެ. 

ޑެލް ޕިއެރޯ ވަނީ އޭނާ ކުޅުނު ހުރިހާ މުބާރާތެއްގައި ލަނޑު ޖަހާފައެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ޑެލް ޕިއެރޯ ވަނީ އިޓަލީގެ ގައުމީ ޓީމު ތަމްސީލުކޮށް ތިން ފީފާ ވޯލްޑް ކަޕާއި ހަތަރު ޔޫއެފާ ޔޫރަޕިއަން ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ވެސް ކުޅެފަ އެވެ. އޭނާ އަކީ އިޓަލީ ގައުމީ ޓީމަށް ޖޮއިންޓް ހަތަރު ވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް