ads
އޮލިމްޕިކްސްގެ ސެކިއުރިޓީވަނީ ވަރުގަދަކޮށްފައި
އޮލިމްޕިކްސްއާ ދިމާކޮށް ޖާސޫސު ކުރާ ބަޔަކު ހުއްޓުވައިފި
އޮލިމްޕިކްސްއާ ދިމާކޮށް ޖާސޫސް ކުރަން މަސައްކަތް ކުރި 1000 އަށްވުރެ މީހުން ފްރާންސްގެ ސަލާމަތީ ބާރުތަކުން ހުއްޓުވައިފިއެވެ.
Advertisement

ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ އޮންނައިރު، އޮލިމްޕިކް ސެކިއުރިޓީ ޗެކްތަކުން 5،000 މީހުން ހުއްޓުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 1،000 މީހުންނަކީ ގޭމްސްގެ ތެރެއަށްވަދެ ވަދެ ޖާސޫސު ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ.

އޮލިމްޕިކްސްގައި ވޮލަންޓިއަރުންނާއި މަސައްކަތްތެރިންނަށް ސެކިއުރިޓީ އެކްރެޑިޓޭޝަން ހޯދުމަށް އެދުނު 5،000 އެއްހާ ރިކުއެސްޓް ފްރާންސްގެ އިންޓީރިއާ މިނިސްޓްރީން ބާތިލް ކުރިއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 1،000 މައްސަލަ ބްލޮކްކޮށްފައި ޖާސޫސީ ކަމުގެ ޝައްކު ކުރެވިގެންނެވެ. 

އެ މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ޕެރިސް ގޭމްސްގެ އެކި މުވައްޒަފުންނާ ގުޅޭ "ގާތްގަނޑަކަށް މިލިއަނެއްހާ" އިދާރީ ތަހުގީގުތައް ހިންގާފައިވާ ކަމަށެވެ. އެ ޗެކްތަކުގެ ތެރެއިން ތަފާތު އިންޒާރުތައް ފާހަގަކުރެވުނުއިރު، އޭގެ ތެރޭގައި ޖާސޫސުކުރުމާއި، ކުށް ސާބިތުވެފައިވާ ޖިނާއީ ރެކޯޑްތަކާއި، ގަވާއިދާ ހިލާފަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީން ހިމެނެއެވެ.

ސްޓާފިން ޗެކްތަކުގެ އިތުރުން މިނިސްޓްރީން ބުނީ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާ ސެއިންގެ ވަށައިގެންވާ ސެކިއުރިޓީ ޕެރިމިޓަރުގައި ދިރިއުޅޭ ގާތްގަނޑަކަށް 20،000 ރައްޔިތުން ސްކްރީންކޮށްފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް