ads
ރައީސް ޔާމީން
އިޒްރޭލު ޕާސްޕޯޓްް މައްސަލަ، އެކަމުގައި ވެސް ސަރުކާުރުގެ ހެޔޮ ނިޔަތެއް ނެތް: ޔާމީން
އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން މަސައްކަތް ކުރާކަމަށް ސަރުކާރުން ބުނާއިރު އެކަމުގައިވެސް ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
Advertisement

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރަައީސް ޔާމީން ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. 

ރައީސް ޔާމީން ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން ސަރުކާރުން ނިންމިކަން އިއުލާން ކުރި ނަމަވެސް އެކަން ނުވެ ދިގުލައިގެން ގޮސްފައިވާކަމަށެވެ.  އެމަނިކުފާނު ވިދާޅުވީ ޕާސްޕޯޓް މައްސަލައަކީ ވަރަށް ފަސޭހައިން ނިންމެން އޮތްކަމެއްކަމަށެވެ. އެ ގޮތުން ސަރުކާރުގެ މަތީ ފަޑިން ވަރަށް ފަސޭހައިން އެކަން ތަންފީޒުކުރެވެން އޮތްކަން ޔާމީން ފާހަގަކުރެއްވިއެވެ. 

ޔާމީން ވިދާޅުވީ ޕާސްޕޯޓް މަނާކުރަން ސަރުކާރުން މަޖިލިހަށް ފޮނުވަން ބޭނުންވި ނަމަވެސް އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. އަދި މަޖިލިހަށް އެ މައްސަލަ ފޮނުވުމަކީ އެކަމުގައި ފަހަތަށް އެޅި ފިޔަވަޅެއްކަން ފާހަގަކުރައްވަމުން ޔާމީން ވަނީ އިޒްރޭލް ޕާސްޕޯޓް މަނާކުރާކަމަށް ބުނެ ސަރުކާރުން ދައްކަމުންދާ ވާހަތަކުގައި ހޮޔެ ނިޔަތެއް ނެތްކަމަށް ވިދާޅުވެފައެވެ. 

"އެކަމުގައި ވެސް ސަރުކާރުން މި ހިޔާރުކުރީ ދިގު މަގު. އެކަމުގައި ވެސް ހެޔޮ ނިޔަތެއް ނެތް. އެއް އަތުން މި ބުނަނީ މިކަން ކުރާނަމޭ. އަނެއް އަތުން މި ބުނަނީ ކުރިޔަކަ ނުދޭނަމޭ،" ޔާމީން ވިދާޅުވިއެވެ.

އިޒްރޭލު ޕާސްޕޯޓްގައި މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށްޓަކައި އިމިގްރޭޝަން ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލު އޮތީ ދިރާސާ ކުރުމުގެ މަރުހަލާގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައެވެ. އެ ކޮމެޓީގައި އެ ބިލު އޮންނަތާ މިހާރު ވަނީ 45 ދުވަސްވެފައެވެ.  

އެ ބިލު މަޖިލީހަށްް ހުށައެޅި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް