މިނިވަންދުވަހާ ގުޅިގެން ''ސީއެންއެމް'' އަށް ވަޒީރު ދެއްވި ބަަސްދީގަތުމެއްގައި ވިދާޅުވީ މިނިވަންކަން ގައުމެއްގެ ނިސްބަތުގަ މި މާނަކުރެވޭ އެެއްގޮތަކީ އެގައުމެއްގެ ނުވަތަ އެބައެއްގެ ބާރުގެ ދަށުގަ އެބަޔަކު ބަލަހައްޓާ ކޮންޓްރޯލުކުރާ ތަނެއް އޮތުން ކަމަށެވެ. އެގޮތުން މާތްރަސްކަލާނގެ ރަހްމަތްފުޅުން ދިވެހިން ބަލަހައްޓާ ދިވެހިންގެ ސަރަހައްދެއް މި މާކަނޑުގެ ތެރޭގައި އެބައޮތް ކަމަށެވެ.
އެހެންކަމުން ރާއްޖެއަކީ މިނިވަން ދައުލަތެއްނަމަވެސް ދުނިޔެެއަށް އަންނަ ބަދަލުތަކާއި ބާރުގެ ފުރޮޅުންތަކަށް ލޯހުޅުވައި ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވި އެެވެ.
މިއީ ދުނިޔެ ހިނގާ ހިނގުމަށް ބަދަލުތަކެއް އަންނަ ދުވަސްވަރެއް މިކަހަލަ ހާލަތެއްގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ނިސްބަތުގައި ކުދިކުދި ރާއްޖެތަކުން މިނިވަންކަން ހިމާޔަތްކުރު މަށްޓަކައި ކުރަން އޮންނަ އެންމެ މުހިންކު ކަމަކީ އެބައެއްގެ އަަސްލުވަންތަކަން ސާބިތުކުރުންކަމަށް ވަޒީރު ވިދާޅުވި އެެވެ.
ވަޒީރު ވިިދާޅުވީ ހަގެއް ދޮށްޓެއް ޒުވާނެއް މުސްކުޅިއެއް ވަކި ތަފާތެއްނެތި މި ދެންނެވި އެއްގޮތްކަން ސާފުވާންޖެހޭ ކަމަށެވެ.
މިކަމަށް އޮންނަ އިލްމީ މަންތިގީ މިންގަނޑުތަކުން މިކަން ސާފުވުމަކީ ދިވެހިން ދިވެހިންގެ މިނިވަންކަން ދިފާއުކުރުމަށް އޮތް އެންމެ މުހިންމު ކަންކަން ފާހަގަކުރައްވާ ވަޒީރު އިތުރަށް ވިދާޅުވީ މި ސާފުވާ ސާފުވުމަކީ ''އަޅުގަނޑުމެންނާ އެއްކޮށް އަޅުގަނޑުމެންގެ އިގުތިސާދުގެންނަން އެނގުން'' ކަމަށެވެ. އަދި ''އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މަންފާ ހުރި ގޮތް ގޮތް ވިސްނަން އެނގުން'' ކަމަށެވެ.
ދިވެހި އިގުތިސާދާ ދިވެހިން ހަވާލުވެ ދިވެހިންގެ ހުނަރުތަކާ ދިވެހިން ހަވާލުވެ ދިވެހިންގެ މަސައްކަތްތެރިކަމާ ދިވެހިން ހަވާލުވުން ކަމަށާއި އެތެރޭގެ ފުދުންތެރިކަން އޮންނަ އަދި ބޭރަށް އަތްތިލަ ދިއްކޮށްލަން ނުޖެހޭ ގޮތަށް ކޮޅަށް ތެދުވުން ކަމަށެވެ.