އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓު އިފްތިތާހުކޮށްފައި މިވަނީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހާ ދިމާކޮށެވެ.
އާ ވެބްސައިޓް ފަރުމާކުރެވިފައިވަނީ އީ ބުކް ލައިބްރެރީއެއް ހިމެނޭހެން ނެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ވެބްސައިޓްގައި އޮންލައިން ލައިބްރަރީއެއްވެސް ހުންނާނެ ކަމަށާއި، މި އޮންލައިން ލައިބްރަރީގައި ހުރި ފޮތްތައް ޑައުންލޯޑްވެސްކުރެވޭނެ ކަމަށެވެ.
އާ ވެބްސައިޓުގައި އިދާރީ ހުރިހައި މުއާމަލާތަކާ ގުޅޭ މައުލޫމާތާއި އުސޫލުތަކާއި ފޯމްތައް ވެސް ލިބެން ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.