
ބްރޯޑްކޯމުން މިއަދު ޗެނަލް13 އަށް ފޮނުވި ސިޓީގައި ބުނީ އެ ޗެނަލުން ކުރިއަށްގެންދާ "ހަޖަމް" ޕްރޮގްރާމުގައި ބޭނުންކުރެވޭ ބަސްތަކުގެ ސަބަބުން މީސް މީޑިއާގައި އެ ކޮމިޝަނަށް ޝަކުވާ ލިބެމުންދާ ކަމަށެވެ. އެގޮތުން ހަޖަމް ޕްރޮގްރާމުގައި އާންމު އަހްލާގީ މިންގަނޑުތަކަށް ނުފެތޭ ގޮތަށް ބަސް މަގު ބޭނުންކުރަމުން އަންނަކަމުގެ ޝަކުވާ ލިބިފައިވާކަން ފާހަގަކުރެ އެވެ.
އެހެންކަމުން ޕްރޮގްރާމުތައް ހުށަހަޅާއިރު ބްރޮޑްކާސްޓް ކުރުމުގެ ގައިވާދާ، ސުލޫކީ މިންގަނޑަށް އަމުލުރުމަށް ނަސޭހަތްތެރިވާކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ. އަދި ކޮންޓެންޓް ގެނެސްދިނުމުގައި ބްރޯޑްކާސްޓް ކުރުމުގެ ގައިވައިދާ ހިލާފުވާނަމަ، މައްސަލަ ބެލުމަށް ފަހު ކަނޑައެޅިފައިވާ އުސޫލުން އަދަބު ދޭނެކަމަށްވެސް ބުނެފައިވެ އެވެ.
ޗެނަލް 13 އިން ކުރިއަށް ގެންދާ ހަޖަމް ޕްރޮގްރާމުގައި ބޭނުންކުރާ ބަސްތަކާ ގުޅިގެން ބޯރޯޑްކޮމްއަށް ޝަކުވާ ލިބެމުން އަންނަކަމަށް ބުނެފައިވާއިރު އެ ޕްރޮގްރާމަކީ މަޑިސީލަ ޕްރޮގްރާމު ހުއްޓާލުމަށް އެ ކޮމިޝަނުން އެންގުމާ ގުޅިގެން ކުރިއަށް ގެންދާ ސިޔާސީ ޕްރޮގްރާމެކެވެ.