ads
އާތިފް ޝަކޫރު
ޕާޓީތަކަށް މާލީ އެހީ ދިނުން ހުއްޓައިލަންޖެހޭ: އާތިފް
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ޓަކައި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލަން ޖެހިފައިވާ ކަމަށް އިގުތިސާދީ މާހިރެއް ކަމަށްވާ އާތިފް ޝަކޫރު ވިދާޅުވެއްޖެ އެވެ.
Advertisement

އެސްއެސްޓީވީގެ ޓޯކިން އިކޮނޮމީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ފާއިތުވި 15 އަހަރު ތެރޭގައި ސިޔާސީ ޕާޓީތަކަށް 382.2 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވާ ކަމަށެވެ.

ދައުލަތުން ޕާޓީތަކަށް ފައިސާ ދޫކުރަން ފެށިއިރު ސިޔާސީ ޕާޓީތައް ރާއްޖޭގެ މާހައުލަށް އާ ކަން ފާހަގަކުރައްވަމުން އާތިފް ވަނީ ޕާޓީތަކަށް ހެޔޮ އެދޭ ފަރާތްތަކުންނާއި ސިޔާސީ ޕާޓީތަކުގެ މެންބަރުން މިހާރު ޕާޓީތަކަށް ދޭ ޗަންދާއިން ޕާޓީތައް ހިންގޭނެ ކަމަށެވެ.

އޭނާ ވިދާޅުވިފަދަ ބަދަލެއް ގެނައުމުން ބަޖެޓުން މިލިއަނުން ފައިސާ ސަލާމަތްކުރެވޭނެ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 34 ވަނަ މާއްދާގައިވާ ގޮތުން ޕާޓީ ހިންގުމަށް ބޭނުންވާ ފައިސާއާއި ތަކެތި ހޯދަންވާނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ. 

މެންބަރުންގެ އަތުންނާއި ހެޔޮ އެދޭ ފަރާތްތަކުން. 

ސަރުކާރުންދޭ މާލީ އެހީ.

ވިޔަފާރީގެ މުއާމަލާތްތަކުން. 

ފައިސާ ހޯދަން ހިންގާ ހަރަކާތްތަކުން.

ދަރަންޏަށް ފައިސާ ނަގައިގެން.

ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަކަށެވެ. އަދި އެގޮތުން ދޫކުރެވޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 އިންސައްތަ އާއި 0.2 އިންސައްތައާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެ އެވެ. 

މި ގާނޫނުގެ 34 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ މެންބަރުންގެ އަދަދުގެ ނިސްބަތުންނެވެ.

މި އުސޫލުން ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ލިބޭނީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 10,000 ދިހަ މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް