ads
ފަންބޮނޑީގެ އޯޕަން އެކްސަސް ފައިބަރ ނެޓްވޯކް ގާއިމްކޮށް ޒަމާނީ ޓެކްނޮލޮޖީގެ ހިދުމަތްތަކެއް ދަނބިދޫގައި ފެށުން. ފޮޓޯ: ފަންބޮނޑި
ފަންބޮނޑި ނެޓްވޯކް ލ.ދަނބިދުއަށް
''ފަންބޮނޑި މޯލްޑިވްސް'' އިން އެ ކުންފުނީގެ އޯޕަން އެކްސަސް ފައިބަރ ނެޓްވޯކް ލ.ދަނބިދޫގައި ގާއިމުކޮށް ޒަމާނީ ޓެކްނޮލޮޖީގެ ހިދުމަތްތައް ފޯރުކޮށްދޭން ފަށައިފި އެވެ.
Advertisement

ފަންބޮނޑި ކުންފުނީގެ ސީއޯއޯ ފާތިމަތު އާސިޔާ ''ސީއެންއެމް'' އަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ދަނބިދޫގައި އެއީ ކުރިން އެހެން ބަޔަކު ހިންގަމުން ދިޔަ ނެޓްވޯކެއް ކަމަށާއި ކަސްޓަމަރ ބޭސްއާއެކީ ކުންފުނިން އެ ތަން ގަތީ ކަމަށެވެ. ގަތް ދުވަހުން ފެށިގެން ޚިދުމަތްދެމުންދާ ކަމަށާއި ހިދުމަތަކަށް ބުރުލެއް ނާރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެތަނުން އިތުރު ހިދުމަތްތަކެއް ދިނުމަށް ވިސްނާފައިވާނެ ކަމަށާއި ނަމަވެސް މި ވަގުތު އުރީދޫގެ އިންޓަނެޓާއި މީޑިއާ ނެޓުގެ ޓީވީ ސަރވިސްގެ ހުރިހާ ޕެކޭޖުތަކާއެކީގައި ކަސްޓަމަރ ބޭސްތައް މިހާރު ލިބިގެންދާނެ ކަމަށް ވެސް އާސިޔާ ވިދާޅުވި އެވެ.

"ދަނބިދޫ ނެޓްވޯކަކީ އޯލްރެޑީ އެސްޓަބްލިޝްޑް ނެޓްވޯކެއް. އަޅުގަނޑުމެން އެތަން ގަނެފަ މިހުރީ މިހާރު. ދެން އެތާގަ އޯލްރެޑީ ސަރވިސް ޕްރޮވައިޑްކޮށްދެމުން މިދަނީ ނެޓްވޯކް ތެެެރެއިން. އުރީދޫގެ އިންޓަނެޓާއި މީޑިއާ ނެޓުގެ ޓީވީ ސަރވިސްއާ އެއްކޮށް ފަށާފަ ހަ މަސްކުރިއަށް އެދަނީ. ފުލީ ފަންގްޝަންގަ އިނީ މިހާރު" އާސިޔާ ވިދާޅުވި އެވެ.

ފަންބޮނޑި ކުންފުނިން އަންނަނީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި އެ ކުންފުނީގެ އޯޕަން އެކްސަސް ފައިބަރ ނެޓްވޯކް ގާއިމުކޮށް ޒަމާނީ ޓެކްނޮލޮޖީގެ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންނެވެ.

އޯޕަން އެކްސަސް އޯޕަން އެކްސަސް ނެޓްވޯކަކީ ޓެކްނޮލޮޖީގެ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ދުނިޔޭގެ ކުރި އަރާފައިވާ ގައުމުތަކުގައި ވެސް ބޭނުން ކުރާ އިންފްރާސްޓްރެކްޗަރ ވިއުގައެކެވެ.

އެ ކުންފުނިން އެންމެ ފުރަތަމަ މިފަދަ ނެޓްވޯކެއް ގާއިމްކޮށްފައި ވަނީ ތ.އަތޮޅު ވިލުފުށީގަ އެވެ.

"އަޅުގަނޑުމެންގެ ސާވިސްގަ މިހާރު ތ. އަތޮޅުގެ ތިން ރަށެއް ހިމެނޭނެ. އެއީ ވިލިފުށްޓާއި މަޑިފުށްޓާއި ދިޔަމިގިލި,
އޭގެތެރެއިން އެއް ރަށުގައި އިންނާނެ ދިރާގު ޓީވީ ވެސް އަނެއް ރަށުގަ އިންނާނެ އުރީދޫގެ" އެ ރަށްރަށަށް ހިދުމަތްތައް ފުޅާކުރަން ޕްލޭންކޮށްފައިވާކަން ފާހަގަކުރައްވަމުން އާސިޔާ ވިދާޅުވި އެވެ.

މިއަަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރު އާ ހިދުމަތްތަކެއް ރާއްޖެއަށް ޓެސްޓްކުރަން ނިންމާފައިވާ ކަމަށް ވެސް އާސިޔާ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް