ads
ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު
މިނިވަން މި ލަފްޒުގެ ފަހަތުގައި، ފުން މިން ނޭންގެ ގުރުބާނީއެއްގެ ކަނޑުތަކެއްވޭ: މިނިސްޓަރު
މިނިވަންކަމުގެ އެލަފްޒުގެ ފަހަތުގައި ވަނީ އޭގެ ފުން މިން ނޭންގޭ ގުރުބާނީއެއްގެ ކަނޑުތަކެއް ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

59 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ހެރިޓޭޖް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިނިވަން ކަމުގެ ލަފްޒު ކިތަންމެހާވެސް ދުލައް ލުއި ހިތަށް ފަސޭހަ ނަަމަވެސް އެލަފްޒުގެ ފަހަތު ގައިވަނީ އޭގެ ފުން މިން ނޭންގޭ ގުރުބާނީއެއްގެ ކަނޑުތަކެއް ކަމަށެވެ. 

ހިތްމަތާ މިންނަތުގެ އަހަރުތަކަކާއި، ވޭނާ ހޫނާއި، ރުއިމުގެ ޒަމާންތަކަކާއި އަދި ނުގުޑާ އަޒުމާ ހިތްވަރުގެ ޖިހާދުތަކެއްވެސް މިނިވަން އެ ލަފްޒުގެ ފަހަތުގައި ވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ އިތުރަށް ދުރަށް ވިސްނުމަށް ދުރާލާ ހޭލާ ތައްޔާރައް ތިބުމުގެ އާދަތަކެއް، މިރޭ އަހަރެމެންނަށް ފަހަގަ ކުރަން ލިބުނު މި މިނިވަން ދުވަހުގެ ފަސް މަންޒަރުވެސް ގުޅިފައިވަނީ މިފަދަ އެތައް ހަގީގަތް ތަކަކާ ކަން ކަށަވަރު" މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި އެވެ.

މިނިވަން ކަމަކީ އެފަދަ ހިކުމަތާ ހިތްމަތުން ހޯދާ ދެމެހެއްޓޭ ކަމަކަށްވާއިރުގައި، ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރެއްވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ހަރުދަނާކަން މިނިސްޓަރު ވާހަކަފުޅުގައި ފާހަގަކުރެއެއްވިއެވެ. އެގޮތުން އެކަމުގައި ދައްކަވާ ހިކުމަތުގެ އަމަލު ދިވެހި ރައްޔިތުން ބަލައިގަންނަނީ އުއްމީދާ އިތުބާރާއެކުކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

މީގެއިތުރުން ރައީސް މުއިއްޒަކީ ދުނިޔޭގެ އެއްވެސް ކަންކޮޅެއްގައި އަނިޔާއާ ނާ އިންސާފާ އަޅުވެތިކަން އޮންނަން ތާއީދު ކުރައްވާ ބޭފުޅެއް ނޫން ކަަމަށް ފާހަގކުރައްވާ އާދަމް ނަސީރު ވިދާޅުވީ އެކަން ޔަގީންވާ އެއްކަމަކީ ފަލަސްތީނުގެ ރައްޔިތުންނާއެކު ރައީސް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ކަަމަށެވެ. 

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނަބަލުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އުއްތަމަ ފަނޑިޔާރު މުހުތަސިމް އަދުނާން އަދި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވަޑައިގަންނަވަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް