ޕެރިސް އޮލިމްޕިކްސްގެ އަންހެނުންގެ ޓޭބަލް ޓެނިސް ޕްރިލިމިނެރީ ބުރުގައ ދީމާ މިއަދު ނުކުންނާނީ ޕޮލެންޑްގެ ކަޓާރްޒައިނާ ވްގްރީޒިންއާ ދެކޮޅަށެވެ. އެވެ.
މި މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު ހައެއް ޖަހާއިރުއެވެ. އުމުރުން 16 އަހަރުގެ ދީމާއާ އިދިކޮޅަށް ނުކުންނަ ކަޓާރްޒައިނާ ވްގްރީޒިންއަކީ 23 އަހަރުގެ އެތްލީޓެކެވެ.
މިފަހަރުގެ ޕެރިސް އޮލިމްޕިކްސްގައި ރާއްޖެއިން ހަތަރު ކުޅިވަރަކުން ފަސް އެތުލީޓަކު ވާދަކުރާނެއެވެ. ދީމާ ޓޭބަލް ޓެނިސް އިން ވާދަކުރާއިރު، ބެޑްމިންޓަން ކުޅޭނީ ނަބާހާ އަބްދުލް ރައްޒާގުއެވެ. އެތްލެޓިކްސް އިން އިބާދުﷲ އާދަމް ރާއްޖެ ތަމްސީލް ކުރާއިރު، ފެތުމުން އައިޝަތު އުލްޔާ ޝާއިގް އާއި މުހައްމަދު އާން ހުސެއިންއެވެ.