ads
ޖަނާ، ފީފާގެ ރައީސްއާއެކު
އެފްއޭއެމްގެ ހިންގުން ވަގުތީ ގޮތުން ޖަނާއާ ހަވާލުކުރަނީ
ފީފާއިން އެކުލަވާލާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާއަކަށް، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހް ހަމަ ޖައްސައިފި ކަމަށް ބައެއް ރިޕޯޓްތައް ބުނެފިއެވެ.

އެފްއޭއެމްގެ ހިންގުން ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ނިންމީ، އެ އިދާރާގެ އިންތިހާބު ހުއްޓުވައި، އަދި ރައީސްކަމުގައި ހުރި ބައްސާމް އަދީލް ޖަލީލް ސަސްޕެންޑް ކުރުމަށް ފަހުއެވެ. ނޯމަލައިޒޭޝަން ކޮމިޓީއަކާ އެފްއޭއެމް ހިންގުން ހަވާލު ކުރަން ފީފާއިން ނިންމި ނަމަވެސް، ނޯމަލައިޒޭޝަން ކޮމިޓީ އަދި އެކުލަވާލާފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނޯމަލައިޒޭޝަން ކޮމިޓީ އަށް މެމްބަރުން ކަނޑައެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ނޯމަލައިޒިން ކޮމިޓީ އެކުލެވިގެންދާނީ ގާނޫނީ، މާލީ އަދި ފުޓްބޯޅައާ ގުޅުންހުރި އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ މެމްބަރުންގެ މައްޗަށެވެ. ޖަނާއާއެކު މި ކޮމިޓީގައި ކުރިން އެފްއޭއެމްގެ އެކްސްކޯގައި އަދި ކްލަބުތައް ހިންގުމުގައި އިސްކޮށް އުޅުނު ބައެއް މީހުން ހިމެނޭ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ވިޔަފާރީގެ ކަންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލަފާ އަރުވާ އިސް އެޑްވައިޒަރު، ޖަނާހުއަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ގާތްގުޅުމެއް އޮންނަ މީހެކެވެ. މިދިޔަ މަހު، ގަތަރުގެ ދޯހާގައި ޖަނާހު ވަނީ ފީފާގެ ރައީސް، އިންފަންޓީނޯއާ ބައްދަލުކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް