ads
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް
ސަރުކާރުގެ ވަށާޖެހޭ ޕްލޭނެއް ނެތް, ދައްކަނީ ދެއުޅިއެއްނުވާ ވާހަކަތަކެއް: ފައްޔާޒް
މި ގައުމުގައި ހުރި މައިގަނޑު މައްސަލަތައް ހައްލު ކުރުމަށްޓަކައި މި ސަރުކާރުން ދައްކާ ވާހަކަތަކުގައި އެއްވެސް ދެއުޅިއެއް ނުވާ ކަމަށާއި މި ސަރުކާރުގެ ވަށާޖެހޭ ޕްލޭނެއް ނެތް ކަމަށް ރާއްޖޭގައި މިވަގުތު އޮތް އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

''ސީއެންއެމް'' ދެއްވި ބަސްދީގަތުމެއްގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް ވިދާޅުވީ ސަރުކާރުން އެ ދައްކަވާ ވާހަކަތަކުގައި ފުރަތަމަ ކަމަކަށް ދެއުޅިއެއް ހުރި ކަމަކަށް ވެސް ފެނިވަޑައިނުގަންނަވާ ކަމަށާއި އެ ވިދާޅުވާ ކަންކަމުގެ ސަބަބަކުންނެއް ގައުމުގައި މި ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަމެއް ވެސް ވިސްނުމެއްހުރި ކަމަކަށް ވެސް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވީ އެހާ މުނާސަބު ސްޕީޗެއް ނޫން ކަމަށެވެ. އަދި ދެއްކެވީ ދެއުޅިއެއް ވާކަހަލަ ވާހަކައެއް ނޫން ކަަމަށެވެ.

ފައްޔާޒް ވިދާޅުވީ މި ސަރުށާރުގެ މައިގަނޑު ޕްލޭނެއް ގޮތަށް ފެންނަނީ ކުރީ ސަރުކާރުތަކުން ނުކޮށް ހުރި ކަންކަމުގެ ވާހަކަ ދައްކާ ތަން ކަމަށެވެ. އަދި ކޮންމެސް ވަރަަކަށް އެ ވާހަކަ ދެއްކުން އަދި މައްސަލައެއް ނޫން ކަމަށާއި ނަމަވެސް މުޅި ޕްލޭނެއްގެ ގޮތަށް އެކަން އޮތުމަކީ ފެއިލިއަރ އެއް ކަމަށެވެ.

"ސަރުކާރެއް ނިމިގެންދާއިރު ދެއްކޭނެ ވާހަަކަތައް ހުންނާނެ. އެހެންނަމަވެސް މި ސަރުކާރަކުން އެ ނޫން ވާހަކައެއް ދައްކާ ތަނެއް ނުފެނޭ"
"8 މަސް ދުވަސްވާއިރު ވެސް އެ ވާހަކަ ދައްކާތީ އަޅުގަނޑަށް ފެންނަނީ އެއީ ވަރަށް ބޮޑު ފެއިލިއަރއެއް ކަމަށް. އަދި އެއްވެސް ޕްލޭނެއް ނެތްކަމަށް. ވަށާޖެހޭ ޕްލޭނެއް އޮތް ކަމަަކަށް ނުފެނޭ.'" މިދިޔަ ސަރުކާރުގެ އެންމެ ވަރުގަދަ އެއް ވަޒީރު ފައްޔާޒް ވިދާޅުވި އެވެ.

މި ސަރުކާރަށް އެއްބާރުލުން ދިނުމަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީއަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށާއި އެހެންވީމާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ގައުމަށް ރަނގަޅު ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ލިބޭނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް