ads
ދީމާ
އޮލިމްޕިކްސްގައި ދީމާއަށް ވަރުގަދަ ޗެލެންޖެއް
އޮލިމްޕިކްސްއަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތްލީޓު، ޓީޓީ ތަރި ފާތިމަތު ދީމާ އަލީ، ކުޅުނު ފުރަތަމަ މެޗުގައި ޕޮލެންޑްގެ އެއްވަނަ ކުޅުންތެރިޔާ ވެގްޒީން ކަޓާޒީނާ އަތުން ބަލިވެއްޖެއެވެ.

ދީމާ މިއަދު ކުޅުނު މެޗަކީ އޮލިމްޕިކްސްގެ ޓޭބަލް ޓެނިސްގެ ގުރޫޕް ސްޓޭޖަށް ވަނުމަށް ކުޅުނު ޕްރިލިމިނަރީ ބުރުގެ މެޗެވެ. އެ މެޗުން ބަލިވުމުން ގުރޫޕް ސްޓޭޖަށް ވަނުމުގެ ފުރުސަތު ދީމާ އަށް ނުލިބުނެވެ. އުމުރުން 16 އަހަރު ދީމާ، އުމުރުން 23 އަހަރުގެ ކަޓާޒީނާ އަތުން ބަލިވީ ހަތަރު ސެޓުންނެވެ. އެއީ 5-11، 5-11، 2-11 އަދި 11-8 ންނެވެ.

ދީމާ މި މެޗުން ބަލިވިނަމަވެސް ގިނަ ބަޔަކު އަންނަނީ ދީމާއަށް މަރުހަބާ ކިޔަމުންނެވެ. ރައީސް ޑރ. މުއިއްޒުވެސްވަނީ ދީމާއަށް މަރުހަބާ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ދީމާގެ ހިއްވަރާއި މޮޅު ކުޅުމަށް މުޅި ގައުމު ފަހުރުވެރިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް