ads
މިނިސްޓަރު ޒަމީރު. ފޮޓޯ: އަސްލު ޓީވީ
ދަތިތަކުން އަރައިގަތުމަށް އެދުނު ކަންކަން ކޮށްދޭން ޗައިނާއިން ޔަގީންކަންދީފި
ރާއްޖޭގެ އިގުތިސާދަށް މިހާރު ކުރިމަތިވެގެން އުޅެނީ ވަގުތީ މައްސަލަތަކެއް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގަބޫލުފުޅު ކުރައްވާ ކަމަށާއި ރާއްޖެ އަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެ ގައުމުން ދޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ދާދިފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިތުރު ދެ މިނިސްޓަރަކު ޗައިނާއަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން އަސްލު ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޗައިނާގެ ރައީސް ޝީ އަށް އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅުގެ ޖަވާބަކީ ރާއްޖެ އިން ބޭނުންވި ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިނންގެ ޖަވާބާ ހަވާލާ ދެއްވައި ޒަމީރު ވިދާޅުވީ އިގުތިސާދީ ދަތިތަކުން އަރަައިގަތުމަށް އެދުނު ކަންކަމުގައި ޗައިނާއިން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށާއި އޭގެ ޓެކްނިކަލް ބައިތައް މިހާރުން ފެށިގެން ކުރިއަށް ގެންދަވާނެ ކަމަށް ޗައިނާގެ ރައީސް ޝީ ރައީސް ޑރ. މުއިއްޒަށް އަންގަވައިފައިވާ ކަމަށެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ދިވެހި ސަރުކާރުން ޗައިނާ ސަރުކާރާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުން (އެފްޓީއޭ) އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒުކުރަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަށް އިޝާރަތްކުރައްވަމުން ޒަމީރު ވަނީ އޭގެ ވަރަށް ބޮޑު އިފެކްޓެއް ރާއްޖެއަށް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަސްލުގަ މިހެން ހަދައިފިކަމަށްވާނަމަ ބޮޑު ފަސޭހަތަކެއް އޭގެ ނަތީޖާއަކީ އަޅުގަނޑުމެންގެ ޕްރޮޑަކްޓްސް ޗައިނާގެ މާކެޓަށް ވިއްކަން ލިބޭ ފުރުސަތު" އަދި ޗައިނާގެ ޓްރަސްޓް މިކޮޅަށް ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެ ކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވި އެވެ.

އެފްޓީއޭ ތަންފީޒުކުރަން މިހާރު އެ ހިނގާ ގާނޫނީ މަރުހަލާ ނިމިގެން ގޮސް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒު ކުރަން ފަށާއިރު, އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ މާފުވެ އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7،897 ބާވަތަކުން ޑިއުޓީ މާފު ވާނެ އެވެ.

ޒަމީރު އިސްވެ، މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ދަތުރުގައި ވަނީ ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި އެ ގައުމުގެ އެގްޒިމް ބޭންކުގެ އިސްވެރިންގެ އިތުރުން އެހެން ބޭންކުތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވައި ރާއްޖެ އަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަ ކުރައްވައިފަ އެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް