ads
މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް - ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޕީއެންސީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީކަމުން ތާރިގް އިސްތިއުފާ ދެއްވައިފި
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ނައިބު ލީޑަރުކަމުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު އިސްތިއުފާ ދެއްވައިފިއެވެ. އެވެ.
Advertisement

އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މިއަދުއެވެ. އެހެންނަމަވެސް ޢޭނާ އެ މަގާމުން އިސްތިއުފާދެއްވި ސަބަބެއް އަދި ސާފެއް ނުވެެއެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕް ޑެޕިއުޓީ ލީޑަރަކަށްް ތާރިގު އައްޔަންކުރަން ނިންމެވީ، އެ ޕާޓީން މަޖިލިހަށް ހޮވުނު މެމްބަރުންނާއި އެކު މުލިއާގޭގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. ތާރިގުގެ އިތުރުންވެސް ޕީއެންސީ ޕީޖީ ގްރޫޕްގައި ދެ ނައިބު ލީޑަރުން ތިބެެެއެވެ. އެއީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްއެވެ. 

ރައްޔިތުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ 5 މެމްބަރުންގެ ލިސްޓުގައިވެސް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތރިގުވެސް ހިމެނެއެވެ. ތާރިގު ވަނީ މަޖިލިހުގައި ދެ ދައުރު ފުރިހަމަ ކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް