ads
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު
ދައުލަތުގެ ކުންފުނިތަކުންވެސް މައުލޫމާތު ދޭން ޖެހޭނެ: ސުޕްރީމް ކޯޓު
މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު ދޭން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
Advertisement

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު ދޭން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ، އެ ގާނޫނުގެ ދަށުން މައުލޫމާތު ދޭން ނުޖެހޭ ކަމަށް ކަނޑައެޅުމަށް އެމްޓީސީސީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގަ އެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ގާނޫނުގެ ދަށުން ކުންފުނިތަކުން މައުލޫމާތު ދޭން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ގަވާއިދުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެ ބައި ބާތިލް ކުރުމަށް އެމްޓީސީސީން ފުރަތަމަ ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި އެވެ. ހައި ކޯޓުން ނިންމީ އެމްޓީސީސީއާ ދެކޮޅަށެވެ. އެމްޓީސީސީން ހައި ކޯޓުގެ ނިންމުން އިސްތިއުނާފުކުރި އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރީ ގާނޫނުގެ އެ މާއްދާގައި ބަޔާންކުރާ ތަންތަނުގެ ތެރޭގައި ދައުލަތުން މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް ހަވާލުކޮށްފައިވާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓު ނުވަތަ ބަޖެޓުން އެހީއެއް ލިބިދޭ ކޮންމެ ތަނެއް ހިމެނޭ ކަން އެނގެން އެބަ އޮތް ކަމަށެވެ. 

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު އައިޝާ ޝުޖޫން، ފަނޑިޔާރު އަލީ ރަޝީދު، އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު އެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

އެމްޓީސީސީން ނަގާފައިވާ މައިގަނޑު ނުކުތާއަކީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ 71 ވަނަ މާއްދާގައި ބަޔާންކުރާ ދައުލާތުގެ އިދާރާތައް މާނަކޮށްފައިވާ ފުޅާ ދާއިރާއެއްގައި ގަވާއިދުގައި މާނަކޮށްފައިވާ ކަމަށެވެ. އަދި އެ ގޮތަށް މާނަ ކުރުމުގެ ބާރެއް އިންފޮމޭޝަން ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް