ads
އެންގޯލާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ކްލެމެންޓޭ ޕޭދްރޯ ފްރާންސިސްކޯ ކަމީޔާ
ހަތަރު ގައުމެއްގެ ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި
ހަތަރު ގައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން އެ ބޭފުޅުންގެ ސަފީރުކަމުގައި ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.
Advertisement

މި ރަސްމިއްޔާތުތައް އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

މިއަދު ފަތްކޮޅު އެރުވި ސަފީރުން 

  • ކްލެމެންޓޭ ޕޭދްރޯ ފްރާންސިސްކޯ ކަމީޔާ / އެންގޯލާ
  • ޑރ. ސިރީ ވޯލްޓް / ސްވިޒާލޭންޑް
  • ޑޭވިޑް ޕައިން / ނިއުޒިލޭންޑް
  • މާރިއާ ކާމެން މޮރޭނޯ / ޔޫރަޕް ޔޫނިއަން

ދިވެހިރާއްޖެއާ އެންގޯލާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. އެންގޯލާގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. އެންގޯލާގެ ސަފީރު ހުންނަވާނީ އިންޑިއާގެ ނިއުދިއްލީ ގައެވެ.

your imageޔޫރަޕް ޔޫނިއަނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު މާރިއާ ކާމެން މޮރޭނޯ

ޔޫރަޕް ޔޫނިއަން އާއި ރާއްޖޭގެ ޑިޕްލޮމެޓިމް ގުޅުން ބަދަހި ކުރީ 1983 ވަނަ އަހަރުއެވެ.

ޔޫރަޕް ޔޫނިއަން ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ޔޫރަޕް ޔޫނިއަން ސަފީރު ހުންނަވާނީ ލަންކާގެ ކޮލަމްބޯ ގައެވެ.

your imageނިއުޒިލޭންޑުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ޑޭވިޑް ޕައިން

ދިވެހިރާއްޖޭގެ އާ ނިއުޒިލޭންޑް ސިޔާސީ ގުޅުން ގާއިމުކުރީ 10 އޮކްޓޫބަރު 1974 ގައެވެ. ނިއުޒިލޭންޑް ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ނިއުޒިލޭންޑް ސަފީރު ހުންނަވާނީ ލަންކާގެ ކޮލަމްބޯ ގައެވެ.

your imageސްވިޒާލޭންޑުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ޑރ. ސިރީ ވޯލްޓް

ދިވެހިރާއްޖޭގެ އާއި ސްވިޒާލޭންޑް ސިޔާސީ ގުޅުން ގާއިމުކުރީ 1981 ގައެވެ. ސްވިޒާލޭންޑް ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ސްވިޒާލޭންޑް ސަފީރު ހުންނަވާނީ ލަންކާގެ ކޮލަމްބޯ ގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް