ads
ވެނެޒުއޭލާގެ ރައީސް މަޑޫރޯ: ވެނެޒުއޭލާގެ ރައީސްކަމަށް ތިންވަނަ ދައުރަކަށް ވަނީ އިންތިހާބުވެފައި --
ވެނެޒުއެލާގެ ރިޔާސީ އިންތިހާބު ރައީސް މަޑޫރޯ ކާމިޔާބު ކުރައްވައިފި
ވެނެޒުއެލާގެ ރިޔާސީ އިންތިހާބު ރައީސް ނިކޮލަސް މަޑޫރޯ ތިން ވަނަ ދައުރެއް ކާމިޔާބު ކުރައްވާފައިވާ ކަމަށް އެ ގައުމުގެ އިންތިހާބާ ބެހޭ ކައުންސިލުން އިއުލާންކުރި ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.
Advertisement

އެގްޒިޓް ޕޯލްތަކުން ދެއްކި ގޮތުގައި އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ބެލެވުނީ އިދިކޮޅު ކެންޑިޑޭޓު އެޑްމުންޑޯ ގޮންޒާލޭޒް އެވެ. ނަމަވެސް އިންތިހާބުގެ ވަގުތީ ނަތީޖާއިން އެގްޒިޓް ޕޯލްއާ ހިލާފަށް މަޑޫރޯ ވަނީ ކާމިޔާބުކޮށްފަ އެވެ.

އިންތިހާބުގެ 80 ޕަސަންޓު ވޯޓު ގުނުނުއިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން މަޑޫރޯ ވަނީ 51 ޕަސަންޓު ވޯޓު ހޯއްދަވާފަ އެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓް އެޑްމަންޑީ ގޮންޒާލެޒް އަށް ލިބުނީ 44 ޕަސަންޓު ވޯޓެވެ.

މަޑޫރޯ ވަނީ ކަރަކާސްގައި އުފާފާޅުކުރާ ސަޕޯޓަރުންނަށް އެ ނަތީޖާއަކީ "ސުލްހައާއި ހަމަޖެހުމުގެ ކާމިޔާބީއެއް" ކަމަށް ސިފަކުރައްވާފަ އެވެ.

އިންތިހާބުގެ ނަތީޖާއާއެކު ކުރިއަށް އޮތް ހަ އަހަރު ވެނެޒުއޭލާގެ ވެރިކަން ކުރައްވާނީ އެ ގައުމުގެ ރައީސްކަމާ 2013 ގައި ހަވާލުވި މަޑޫރޯ އެވެ.

ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ވެނުޒެއޭލާގެ ވެރިކަން ކުރަމުން ގެންދަވާ މަޑޫރޯ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމުގެ ކުރިން މަސައްކަތްކުރެއްވީ ބަސް ޑްރައިވަރެއްގެ ގޮތުގަ އެވެ.

އޭގެފަހުން އެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމުއިއްޔާގެ ލީޑަރުކަން ކުރައްވައި، ސިޔާސީ މައިދާނަށް ނުކުންނެވީ 2000 ވަނަ އަހަރެވެ. މަޑޫރޯ ވަނީ އޭރުގެ ރައީސް ހޫގޯ ޗާވޭޒްގެ ވެރިކަމުގެ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް