"ސީއެންއެމް" އާ ވާހަކަ ދައްކަމަނުން ނަސީމް ބުނީ ދިވެހި ސިޔާސީ ވެރިން ކެމްޕެއިންގެ ހަރަދުތަކަށް ވިޔަފާރި ވެރިން އަތުން ލާރީ ނަގާ ނެގުމުގެ ސަބަބުން ދަރަނި ވެރިވެ، އެވިޔަފާރި ވެރިންނަށް ގެއްލުން ވާ ގޮތަށް ގާނޫނާ ގަވާއިދު ބަދަލު ނުކުރެވޭ ކަމަށެވެ.
މިކަން ބަދަލުވެގެން ނޫނީ ޕޮލިސީ ލެވެލް ގަ ބަދަލެއް ނުގެނޭނެ ކަމަށްވެސް އޭނަ ބުންޏެވެ.
ޑޮލަރުގެ އަގު ކުރިން ނުވާހާ ބޮޑުވެގެން ދިޔުމާ ގުޅިގެން މިވަނީ ރާއްޖޭގެ ވިޔަފާރިތަކާ އިގްތިސާދަށް ބުރުއަރާފަ އެވެ. މިކަންކަން ހައްލު ކުރެވިގެން ނޫނީ އިގްތިސާދު ރަނގަޅު ކުރެވޭކަށް ނެތެވެ.
ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރެއްގެ އަގު މިހާރު ވަނީ 18ރ. ފަހަނަޅައި ގޮސް 18.25ރ. އަށް އުފުލިއްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;