ads
ފިނޭންސް މިނިސްޓާ، ޑރ. މޮހައްމަދު ޝަފީގްއާ ކޭއެފްއޭއީޑީގެ އެކްޓިން ޑިރެކަޓާ ޖެނެރަލް، އޮނަރަބަލް ވަލީދު އަލް ބަހަރް
ސަރުކާރާ ކޭއެފްއޭއީޑީ ދެމެފު ލޯން އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހި ސަރުކާރާ ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓް، ކޭއެފްއޭއީޑީ، އާ ދެމެދު ލޯން އެއްބަސް ވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސް ވުމުގެ ދަށުން "ކޭއެފްއޭއީޑީ"އިން ރާއްޖޭގެ "ސްމޯލް އައިލޭންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް" ހިންގުމުގެ މަގްސަދުގާ 3،000،000 ކުވައިތީ ދީނާރު ލިބިގެން ދާނެއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސް ވުމުގައި ފިނޭންސް މިނިސްޓާ، ޑރ. މޮހައްމަދު ޝަފީގް ސޮއި ކުރެއްވި އިރު، ކޭއެފްއޭއީޑީގެ ފަރާތުން ސޮއި ކުރީ އެކްޓިން ޑިރެކަޓާ ޖެނެރަލް، އޮނަރަބަލް ވަލީދު އަލް ބަހަރް އެވެ.

މިދެބޭފުޅުންގެ އިތުރުން މި ރަސްމިއްޔާތުގާ ހެލްތް މިނިސްޓާ، ޑރ. އަބްދުﷲ ހަލީލްއާ، ސްރީލަންކާގެ ކުވޭތު އެމްބަސީގެ އިސްވެރިން އަދި ފިނޭންސް މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރި ވެފާ ވެއެވެ.

your imageސަރުކާރާ ކޭއެފްއޭއީޑީ ލޯން އެއްބަސްވުމުގާ ސޮއިކުރުމުގެ ރަސްމިއްޔާތު

ސްމޯލް އައިލޭންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓްމީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކުދި ރަށްތަކުގާ ލިބޭ ސިއްހީ ހިދުމަތް ފޯރު ކޮއްދީ އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަގްސަދުގާ ހިންގާ މޝްރޫއެކެވެ. މީގެ އިތުރުން ބޭސް ފަރުވާ ހޯދުމަށް، އެހިދުމަތް ލިބޭ ރަށަކަށް ދަތުރު ކުރަން ޖެހުމުން ދާ ހަރަދު ކުޑަވެ، އަވަހަށް ދެވަނަ ފަންތީގެ ސިއްހީ ހިދުމަތް ލިބިގެން ދާނެ އެވެ.

މިމަޝްރޫއުގެ ދަށުން ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ތެރޭގައި އިމާރާތް ކުރުމުގެ މަސައްކަތާ، އިލެކްޓްރޯ-ޓެކްނިކަލް މަސައްކަތްތަކާ، ސިއްހީ އާލާތްތައް އަދި ފަރުނީޗަރު ތަކާ، އިންޖިނިއަރިން ހިދުމަތްތަކާ، ކުރެހުން އަދި ބީލަމް ލިޔެކިޔުންތައް ތައްޔާރު ކުރުން ފަދަ ބައިވަރު ކަންކަން ހިމެނެ އެވެ. 

ސަރުކާރުން ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ސިއްހީ ހިދުމަތަށް ދިވެހިން ދަތުރުފަތުރުކުރުމަށް ކުރާ ހަރަދުތައް ކުޑަވެ، ރަށްރަށުގެ އާބާދީގެ އިތުރަށް ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ސިއްހީ ހިދުމަތް އެ ރަށުން ދެވޭ ގޮތަށް ހަމަޖެހޭނެ އެވެ. ސަރުކާރުން ބުންޏެވެ.

މިއާ އެކީ އެ ރަށްރަށުން ސެކަންޑަރީ ލެވެލްގެ ސިއްހީ ހިދުމަތް ލިބޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް