ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ)ގެ ހަރުގެ ޖަލްސާއެއް މި ރޭ ބާއްވާ ނިންމައިފި އެވެ.

Advertisement
ކޮންގްރެސް ކޯލިޝަނުން ބުނީ، އެޕާޓީގެ ހަރުގެ ޖަލްސާއެއް މި ރޭ 20:30 ގައި ހ. ވެޔޮވިލާ (އާރޓިފިޝަލް ބީޗް ކުރިމަތީގައި) އޮންނާނެ ކަމަށެވެ.
މި ޖަލްސާގައި ސިޓީޒް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަ ދައްކަވާނެ ކަމަށް ކޮންގްރެސް ކޯލިޝަނުން ބުނެ އެވެ.
އެޕާޓީން ވަނީ އެ ޖަލްސާއަށް ހުރިހާ ބޭފުޅުންނަށްވެސް ދައުވަތު އަރުވާފަ އެވެ.