ads
އެންވާރަމަންޓް މިނިސްޓަރު ތޯރިގް
ކުޅުދުއްފުށީ ފެނަކަ ޕަވާ ހައުސްގެ 4 ފާރަށް އެކަނި 45 މިލިއަން ހަރަދު ކުރި
މިދިޔަ އެމްޑީޕީ ސަރުކާރުން ހދ. ކުޅުދުއްފުށީގައި ފެނަކައިން އިމާރާތް ކުރަމުން ގެންދާ ޕަވާ ހައުސްގެ ހަމައެކަނި ހުރި 4 ފާރާއި މަތީގައި ހުންނަ ޓްރަސް ތައް ހަދަން 45 މިލިއަން ރުފިޔާ ހަރަދުކުރިކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
Advertisement

ރައްުޔިތުން މަޖީލީހަށް ހާޒިރު ވެ ބައެއް މެމްބަރުން ކުރެއްވި ސުވާލުތަަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ކުޅުދުއްފުށީގެ ފެނަކަ ކޯޕޮރޭޝަނުން ހިންގާ މައި މަރުކަޒު، ޕަވާ ހައުސްއަށް ޒިޔާރާތްކުރެއްވި އިރު އެތަނުގައި ހުރީ ހަދަން ފައްޓާފައި ހުރި ޕަވާ ހައުސްއެއް ކަމަށެވެ.

އެތަނުގައި އޮނިގަނޑު ހުރި ފުރާޅެއްވެސް މިހިސާބަސް އާއިރު ނެތްކަމަށާއި އެ ޕަވާ ހައުސްގެ މަސައްކަތް ފުރަތަަމަ ހަދަން ހަވާލުކުރީ ކޮންޓްރެކްޓަރަށް 15 މިލިއަން ރުފިޔާއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެ ކަން އެ ކޮންޓްރެކްޓަރަށް ނުވުމާއެކު އަނެއްކާވެސް ފެނަކަ އޮޕްރޭޝަނުން އަމިއްލައަށް ބޭރުން ކޮންޓރެކްޓަރުން ނެގިކަމަށް ތޯރިގް ވިދާޅުވިއެވެ. އެގޮތުން 30 މިލިއަނަށް އެތަން ހަވާލުކޮށް އޭގެ ޑަބަލް އަގުގައި ފެނަކައިން އެ މަސައްކަތް ނެގިކަަމަށް ތޯރިގް ވިދާޅުވި އެވެ.

"މިހާރު އެމަސައްކަތް ނިމިފައި ހުރިވަރު މިދެންނެވީ، ހަމައެކަނި ހުރި 4 ފާރާ މަތީގައި ހުރި ޓްރަސް ތަކަކާ، އަޅުގަނޑަށް މައުކޫމާތު ލިބިފައިވާ ގޮތުގައި 45 މިލިއަން ރުފިޔާއަށް އަރައިފި އެތަނަށް، 30 މިލިއަނަށް ހެދި އެތި، އަދި އެބަ އޮތް އޭގެ ޑަބަލް މަސައްކަތް ކުރަން އެހެންވީމާ މިމަސައްކަތްތައް ކޮށްފައި މި އޮތީ ހާއްސަކޮށް އަޅުގަނޑު ދަންނަވާނީ އަމިއްލަ މީސްމީހުންގެ ލާރިންނާއި ދަރަނި ނަގައިގެން" ތޯރިގް ވިދާޅުވި އެވެ.

އެކަންތައްތައް ހައްލުކޮށް، ކުޅުދުއްފުށީ ސިޓީ އަކީ މުހިއްމު ސިޓީއަކަށް ވުމާއެކު އެތަނުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ކަނޑަނޭޅި މަސައްކަތް ކުރަނުން ކަމަށް ތޮރިގް ވިދާޅުވި އެވެ. 

"މިހާރުވެސް ކުޅުދުއްފުށީ ސިޓީގައި 3 ޖެނރޭޓަރެއް ގެންގޮސް، ޖެނެރޭޓަ އިންސްޓޯލްކޮށް، 3 ވަަނަ ޖެނެރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ" ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތުގައި ކަރަންޓު ދިނުމަށް މިވަގުތުވެސް ބޮޑެތި މަސައްކަތެއް އެބަ ކުރަންމުންދާކަމަަށް ފާހަގަކޮށް ތޯރިގް ވިދާޅުވީ ސެންޓްރަލް އެއާޕޯޓުގެ ޕަވާ ސްޓޭޝަން ހެދުމުގެ މަސައްކަތްފެށުަމށް ވެސް ތައްޔާރު ވަމުންދާކަމަށެވެ. އެގޮތުން ސަރުކާރުން ދަނީ ފެނަކައާ އެއްކޮށް ޕްރޮގްރާމްތަކެއް ހަދައި، ދެން ދާނެ ފައިސާ އަކީ ކިހާވަރެއްތޯ ބަލާ މަސައްކަތްކުރަމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް