ads
އެމްއެންޔޫ ކެމްޕަސް ފޮޓޯ: އެމްއެންޔޫ
އިގްތިސޯދު ކުރިއަރުވަން ކޮލެޖުތައް ޔުނިވާސިޓީތަކަށް ބަދަލުކުރަން ލަފައެއް
ރާއްޖޭގައި މިވަގުތު ހިނގާ ކޮލެޖުތައް ޔުނިވާސިޓީތަކަށް ބަދަލުކޮށްފިނަމަ އިގްތިސޯދު ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށް ވިލާ ކޮލެޖުން ހާމަކޮށްފި އެވެ.
Advertisement

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ވިލާ ކޮލެޖާއި އޭޑީކޭ ހޮސްޕިޓަލް ގެ އިސްވެރިން އާ އެކު ބޭއްވި ބައްދަލުވުމުގައި އެކަން ހާމަކުރީ މަތީ ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ ތެރެއިންނެވެ.

މިއަދުގެ ބައްދަލަވުމުގައި ވިލާ ކޮލެޖުގެ ވައިސް ޑިރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ ތަރައްގީވެފައިވާ މި ޒަމާނުގައި ޔުނިވާސިޓި ތަކަކަކީ ވަކި މުއްދަތެއް ކަނޑައަޅައިގެން ބަދަލުވިތަންތަނެއް ނޫންކަަމަށެވެ. އެގޮތުން މުއްދަތެއް ކަނޑައަޅައިގެން ޔުނިވާސިޓީތަކަށް ދަރަޖަ ދިނުމަކީ ރަނގަޅުކަމެއް ނޫންކަމަށް ފާހަގަކޮށް ނަޖީބު ވިދާޅުވީ އެއަށް ވުރެ ކުރެވޭނެ ބުއްދިވެރި ކަންކަން ހުރި ކަމަށެވެ.

މިއަދުގެ ގާނޫނުގައި އޮންނަ ގޮތުން ޔުނިވާސިޓީއެއްގެ ދަރަޖަ ދޭނީ، ކޮލެޖެއް ގޮތުގައި 20 އަހަރު ވަންދެން ހިންގުމުންކަމަށް ވީނަމަވެސް ކޮލެޖެއްގެ ގޮތުގައި، މެދުނުކެނޑި ހިންގާތާ 15 އަހަރު ވެފައިވާ ނަމަ ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް މިފަހުން ވަނީ ގާނޫނަށް އިސްލާހެއް ހުށަހަޅާފަ އެވެ. އެކަމުގެ ގާނޫނަށް އިސްލާހު ހުށަހެޅީ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ރިފާއު އެވެ. އޭގެ އިތުރުން ގާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހުގައި މަތީ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ދާން ޖެހޭނެ ކަމަށް ވެސް ވެއެވެ.

ތައުލީމީ ދާއިރާތަކުގެ އިސްވެރިންނާއިއެކު ކޮމީޓީގައި ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމުގައި ނަޖީބު ވަނީ ރާއްޖޭގެ އާބާދީގައި މަތީ ތައުލީމަށް ކިޔަވަން ދާނެ ކަމަށް ލަފާ ކުރެވޭ ދަރިވަރުންގެ އަދަދަށް އިޝާރާތްކޮށް އެއް ދާއިރާ އަށް ހާއްސަ ކޮށްގެން ހިންގާ ޔުނިވާސިޓީތައް ސަލާމަތް ވާނެ ކަމާ މެދު ސުވާލު އުފައްދަވާފަ އެވެ.

"ހަޔާ އެޑިއުކޭޝަން ސެކްޓާގައި 73 ޕަސެންޓަކީ އަމިއްލަ ފަރާތްތައް، 25 ޕަސެންޓް ހިއްސާކުރަނީ ވިލާ ކޮލެޖުން ކަން އަޅުގަނޑު ގަބޫލުކުރަން " ނަޖީބު ވިދާޅުވި އެވެ.

ގައުމު ކުރިއަރުވަން ޕްރައިވެޓް ސެކްޓަރު އަދާ ކުރާ ރޯލު ވަރަށް ބޮޑު ކަމަށް ވިޔަސް ކޮލެޖެއްގެ ފެންވަރުގައި ހިންގާތީ ވިލާގައި ޕީއެޗްޑީ ފެށުމަށް ހުރަސްތަކެއް އެޅިގެން ދޭކަމަށް ނަޖީބު ކަންބޮޑުވުމާއެކު ފާހަގކުރެއްވި އެވެ.

ދުނިޔޭގެ އެހެން ސަރަހައްދުތަކުން ރާއްޖެއަށް އައިސްގެން މަތީ ތައުލީމު ހާސިލްކުރެވޭނެ މަގެއް ނެތަސް މރާއްޖެ އިން ބޭރަށް ކޮންމެ އަހަރަކު ވެސް އެތައް ކުދިންނެއް ފުރައިގެން ދާކަަމަށް ނަޖީބު ވިދާޅުވި އެވެ.

"ހިލޭ ޑިގްރީ ސްކީމުން ވިލާ ކޮލެޖުން އެކަނި ވެސް ހަތަރު އަހަރުގެ ތެރޭގައި 4500 ދަރިވަރުން ކިޔަވާފައިވޭ، އެހެންކަމުން ޕްރައިވެޓް ސެކްޓަރަށް ވިލާ އިން ދޭ އެހީތެރިކަން އެނގޭ އަޅުގަނޑުމެންނަށް އެނގޭ، ޔުނިވާސިޓީގެ ދަރަޖަ ލިބޭނެ ނަމަ ބޭރުގެ ދަރިވަރުން ގެނެވޭނެ، އޭރުން ރާއްޖެ އިން ބޭރުވާ ފައިސާ މަދުވެ އިގުތިސާދު ކުރިއަރާނެ" ނަޖީބު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ވިލާ ކިލެޖުގެ ޑިރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވީ ޔުނިވާސިޓީއަކަށް ބަދަލުކުރާއިރު މުއްދަތަށް ވުރެ ކިޔަވައިދިނުމުގެ ފެންވަރަށް ބެލުމަށް އިތުރު އިސްލަމެއް ދޭން ޖެހޭނެކަމަށެވެ. އެގޮތުން ފެންވަރު ރަނގަޅު ނުވާ ނަމަ ރާއްޖޭގެ ޔުނިވާސިޓީތަކުގެ އަގު ދުނިޔޭގެ ޔުނިވާސިޓީތަކުގެ ކުރިމަތީގައި ނުހިފެއްޓޭނެކަމަށް ފާހަގަކޮށް އަންވަރު ވިދާޅުވީ އެގޮތަށް ކަން ހިނގައިފިނަމަ ކިޔަވައި ދޭން ވެސް ބޭނުންވަނީ މަތީ ފެންވަރުގެ މީހުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް