ads
ޕީއެންސީ ޖަގަހަ ޖަލްސާގައި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީއެންސީ
ހަރަދު ކުޑަކުރަން ޖެހުނީ ބެކްލޮގް އޮވެ، ދައްކަންޖެހޭ ބިލްތައް ހުރީމަ: ނާޒިމް
މި ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅު އަޅަން ޖެހުނީ ހަރަދު ކުޑަކުރަން ޖެހުނީ ބެކްލޮގް އޮވެ، ދައްކަންޖެހޭ ބިލްތައް ހުރީމަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެންސީގެ ޖަގަހަ ޖަލްސާގައި ނާޒިމް ވިދާޅުވީ، ސަރުކާރުން އިގްތިސާދީ ކަންކަން އިސްލާހުކުރުމަށް ފަށައިފައިވާ ޕްރޮގްރާމުގެ ދަށުން ކުރަންޖެހޭ ކަމަކީ އާމްދަނީ އިތުރުކޮށް، ހަރަދުތައް ކުޑަކުރުން ކަމަށެވެ.

ނާޒިމް ވިދާޅުވީ، ވޭތުވެދިޔަ އަށް މަސްދުވަސް ތެރޭގައި ސިވިލް ސާވިސްގަ އަދި އެހެން ތަނަކުންވެސް ވަޒީފާއިން މީހަކު ވަކިކޮށްފައި ނުވާނެ ކަމަށާއި އަދި އެއްވެސް އިނާޔަތެއް ވެސް ކަނޑާލާފައެއް ނުވާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ގޮސްފައި ކަމަށާ ހުރިހާ ދާއިރާއަކުން ވެސް ފެންނަނީ އެ މަންޒަރު ކަމަށެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ މިދިޔަ ސަރުކާރު ނިމުނުއިރު އާސަންދައިން އެކަނި ވެސް 1.1 ބިލިއަންގެ ބިލު ނުދައްކާ އޮތް އޮތުމެވެ. ނާޒިމް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 1.3 ބިލިއަން ރުފިޔާ އާސަންދައަށް އެކަނި ހަރަދުކޮށްފައިވާ ކަމަށެވެ. 

"...އެހެންކަމުން އެނގިގެންދަނީ އެހާ ބައިވަރު ފައިސާ ނުދައްކާ ދިޔައީމަ އަޅުގަނޑުމެން އެ ބިލްތައް ދައްކަމުން އެ ހިދުމަތް މެދު ނުކެނޑި ދެމުން ގެންދަނީ ރައްޔިތުންގެ ތެރެއިން ބޭނުންވާ މީހަކަށް އާސަންދަ ނުލިބިގެން އުޅޭކަށް ނުޖެހޭނެ. ހިދުމަތް ލިބިގެންޖެހޭ ފަރާތްތަކަށް ލިބެމުން އެދަނީ. ހަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅު އަޅަން މިޖެހެނީ އެގޮތަށް ބެކްލޮގް އޮވެ އެގޮތަށް ދައްކަންޖެހޭ ބިލްތައް ހުރީމަ، ނަމަވެސް ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އެޅިޔަސް ރައްޔިތުންގެ ތެރެއިން ބޭނުން ޖެހިފައިވާ މީހުންނަށް، އެއީ އާސަންދަ ވިޔަސް ހަމަ އެ ކަންކަން ފުރިހަމަވާނެ.." ނާޒިމް ވިދާޅުވި އެވެ.

އެހެންވެ، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު މި އަހަރުގެ ނޮވެމްބަރު 1 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް ފައިސާ ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ނާޒިމް ދެއްވި އެވެ. 

އެހެން ކަމުން ނާޒިމް އެދިވަޑައިގަތީ ރައްޔިތުން ސަރުކާރާއެކު ތިއްބެވުމަށެވެ. ޔަގީންކަން ދެއްވެވީ ރައްޔިތަކަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ރައީސް މުއިއްޒު ނުކުރައްވާނެ ކަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް