ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ކުޅުނު ކަލަފިއޯރީ ޔޫރޯ ނިންމާފައި އައީ ރާއްޖެއަށެވެ. އާސެނަލްގެ ޑީލް ކުރިއަށް ދިޔައިރު، އޭނާ ހުރީ ލޯބިވެރިޔާއާއެކު ޗުއްޓީއަށް އައިސް ހުރީ ރާއްޖޭގައެވެ.
އާސެނަލްގެ ޕްރީ ސީޒަން ޓުއާގައި ބައިވެރިވުމަށް އޭނާ މިހާރު ހުރީ ޓީމާއެކު އެމެރިކާގައެވެ.
އާސެނަލްއިން ކަލަފިއޯރީގެ ޑީލް ނިންމީ، އޭނާ ހޯދުމަށް ކުރިން ޕީއެސްޖީއާ، ޗެލްސީ އަދި ބެޔާ ލެވަކޫސަނުންވެސް ޝައުގުވެރިވެފައިނިކޮށެވެ.
ކަލަފިއޯރީއަކީ އިޓަލީގެ ރޯމާގެ އެކަޑަމީ ގްރެޖުއޭޓެކެވެ.