ads
ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާ ދިވެހި ފިލްމު "ކަމަނާ" ގެ ބައެއް ފަންނާނުން
"ކަމަނާ" ގެ ޓިކެޓް މިހާރު އޮލިމްޕަހުން ލިބޭނެ
ދިވެހި ފިލްމު "ކަމަނާ" ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.
Advertisement

މި ފިލްމަކީ އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި ހިސާބު ފެނިގެން ދާނެ ފިލްމެކެވެ.

"ކަމަނާ" ގެ މައިގަނޑު ކާސްޓްގައި އުޅެނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އިތުރުން އައިމިނަތު ރަޝްފާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު މަނިކު، އަހުމަދު ނިމާލު، މުހައްމަދް ރަޝީދު (ދަރާ) އަދި ނަތާޝާ ޖަލީލު ހިމެނެ އެވެ.

މި ފިލްމަކި ގެވެށި އަނިޔާގެ ޝިކާރައަކަށްވީ ޒުވާން އަންހެން ކުއްޖެއްގެ ހަޔާތް ދައްކުވައިދޭ ހަގީގީ ވާހަކައަކަށް ބިނާ ކޮށްފައިވާ ފިލްމެކެވެ.

your imageދިވެހި ފިލްމު ކަމަނާގެ ފުރަތަމަ ޕޯސްޓަރު 

ފިލްމުގެ ފުރަތަމަ ޕޯސްޓަރުން ފެންނަ ގޮތުން ފިލްމުގެ ބަތަލާ އައްޒަ އިންނަނީ ބަލިވެ އެވެ. ބަނޑުގައި އަތްއަޅާލައިގެން ހުންނައިރު މޫނުގައި ވަނީ ޒަހަމުތަކެވެ. ލޮލުން ފެންނަނީ އަނިޔާގެ އަސަރެވެ.

"ކަމަނާ" އަކީ ޕްރޮޑިއުސަރު އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ހުސައިންގެ ކިޑް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

މި ފިލްމު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 27 ވަނަ ދުވަހުގެ ރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް