ads
ޔުނިވާސިޓީ އަށް ބަދަލު ކުރާ މުއްދަތާމެދު ދަރިވަރުންގެ ވެސް ހިޔާލު ތަފާތު
ކޮލެޖެއް ޔުނިވާސިޓީ އަކަށް ބަދަލު ކުރާ މުއްދަތާމެދު ޔުނިވާސިޓީތަކުގެ ދަރިވަރުންގެ ވެސް ހިޔާލު ތަފާތު ވެއްޖެ އެވެ.
Advertisement

މަތީ ތައުލީމާއި ތަމްރީންގެ ގާނޫނު މިހާރު އޮންނަ ގޮތުން ރާއްޖޭގައި ޔުނިވަސިޓީއަކަށް ބަދަލުކުރެވެން އޮންނަނީ ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 20 އަހަރުވުމުންނެވެ. 

މިކަން އިސްލާހު ކުރަން މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ރިފާއު އެވެ. އޭނާ ހުށައެޅި އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގައި ކޮލެެޖެއްގެ ގޮތުގައި ހިންގާތަން މެދުނުކެނޑި 15 އަހަރުވެފައިވާނަމަ ޔުނިވާސިޓީއަކަށް ބަދަލުކުރެވިދާނެކަމަށެވެ.

މިއަދު ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ވިލާ ކޮލެޖު، ގައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާތަކުގެ ހިޔާލު ހޯދާފައި ވެ އެވެ. އެގޮތުން އައީޔޫއެމްގެ ދަރިވަރުންގެ ޖަމިއްޔާގެ ރައީސް ހުސެއިން އަރުބާން ބުނީ ގާނޫނުގައި މިހާރު އޮތް 20 އަހަރުވުމުން ޔުނިވާސިޓީއަކަށް ބަދަލުކުރުން އޮންނަ ގޮތް އޭނާ އިހްތިޔާރުކުރާކަމަށާއި ސަބަބަކީ 20 އަހަރު ތެރޭ ގިނަ ކަންތައް ތައް ތަޖުރިބާ ކުރުމުގެ ފުސަތު ލިބިގެން ދިއުންކަމަށެވެ.

"ޔުނިވާސިޓީއަކަށް ބަދަލުކުރާނަމަ އެމްކިއުއޭ ރޭޓިން ސިސްޓަމެއް ގާއިމް ކުރަން ޖެހޭ ، ހުރިހާ ޔުނިވާސިޓީ ތަކުގެ ޖާގައިގެ ދަތިކަންވެސް ހައްލުކުރަން އެބަ ޖެހޭ" އައިޔޫއެމްގެ ފަރާތުން ހުސެއިން އަރުބާން ބުންޏެވެ.

އައިޔޫއެމްގެ ފަރާތުން އެހެން ހާމަކުރިނަމަވެސް ވިލާ ކޮލެޖުގެ ދަރިވަރުންގެ ޖަމިއްޔާއިން ވަނީ 20 އަހަރުން 15 އަރަށް ދަށްކުރުން އެއީ ރަނގަޅުގޮތެއްކަން ފެންނަކަމަށް ބުނެފައެވެ.އަދި މުއްދަތެއް ކަނޑައަޅާނަމަ ކޯސްޔަކުގެ ކޮލޓީއާއި ވަކި މިންގަނޑުތަކެއްގައި ހިފަހައްޓަން ޖެހޭކަމަށް ވިލާ އިން ބުނެ އެވެ. އޭގެ އިތުރުން ހުރިހާ ޔުނިވާސިޓީއެއް އެއްގޮތަކަށް ބައްޓަންކުރާނަމަ ރޯޑް މެޕެއް ބިލަށް އިތުރު ކުރުން މުހިއްމުކަމުކަމުގައި ވިލާ ކޮލެޖުގެ ދަރިވަރުން ފާހަގަކުރެ އެވެ.

މިކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން ކުރި ހިޔާލު ފާޅުކުރުމުގައި އެ ޔުނިވާސީޓީގެ ސްޓޫޑެންޓް ޔުނިއަންގެ ރައީސް އަރުޝަދު އަޝްރަފް ވަނީ އެމްއެންޔޫ ޔުނިވާސިޓީއަކަށް ވުމަށް ނެގި ދިގު މުއްދަތަށް އިޝާރާތްކޮށްފަ އެވެ. އަދި މުއްދަަތަކަށް ވުރެ މުހިއްމީ ހަރުދަނާ މޮނިޓަރިން ނިޒާމެއް އޮތުން ކަމުގައި އޭނާ ބުންޏެވެ.

މައްސަަލަ ދިރާސާކުރުމުގެ ބޭނުމުގައި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މިދިޔަ ހޯމަ ދުވަހު ކަމާ ގުޅޭ އިދާރާތަށް ހާޒިރުކޮށް ބިލާމެދު އިތުރަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ.

މި މައްސަލައާ ގުޅޭގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެފައި ވަނީ ކޮލެޖެއްގެ ގޮތުގައި ހަމައެކަނި ވަކި މުއްދަތެއް ހޭދަވުމުން އެތަނެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ގޮތެއް ނޫން ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި ގާނޫނާއި އެ މުއްދަތު ކަނޑައެޅުމާ އެކު ދެވޭ މަތީ ތައުލީމާއި ތަމްރީންގެ ކޮލިޓީ ހިފެހެއްޓޭނެ މިންގަނޑުތައް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް މާރިޔާ ވިދާޅުވެފައި ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް