ads
ޓީޓީ އިވެންޓެއްގެ ތެރެއިން
އިންޓަރ ސްކޫލް ޓީޓީ މުބާރާތް މާދަމާ ފަށަނީ
އިންޓަރ ސްކޫލް ޓީޓީ މުބާރާތް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.
Advertisement

އިންޓަ ސްކޫލް ޓޭބަލް ޓެނިސް މުބާރާތުގައި، ޖުމްލަ އެކު، 16 ސްކޫލް ބައިވެރިވެފައިވެއެވެ. 11، 13، 15، 17، 19 އަހަރުން ދަށުން އަންހެން 19 ޓީމު ބައިވެރިވެފައިވާއިރު، 11، 13، 15، 17 އަދި 19 އަހަރުން ދަށުން ފިރިހެން 23 ޓީމު އިންޓަރ ސްކޫލްގައި ކުޅޭނެއެވެ. މީގެ ތެރެއިން، 11 އަހަރުން ދަށާއި 13 އަހަރުން ދަށުގެ އޮތީ ސިންގަލްސް އެކަންޏެވެ. އަދި، 15 އަހަރުން ދަށާއި 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ކެޓަގަރީތަކުން، ސިންގަލްސް އާއި ޑަބަލްސް ވެސް ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މާދަމާ އިން ފެށިގެން، 10 ދުވަހުގެ މުއްދަތަށް އިންޓަ ސްކޫލް ޓީޓީ މުބާރާތް ކުރިއަށްދާނީ، މާލޭ ޓީޓީ ހޯލުގަ އެވެ.

އިންޓަރ ސްކޫލް މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތައް

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް

އަމީނިއްޔާ ސްކޫލް

ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލް

ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް

ފުވައްމުލަކު ސްކޫލް

ގާޒީ ސްކޫލް

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް

ހާފިޒް އަހުމަދު ސްކޫލް

ހިރިޔާ ސްކޫލް

ހުރަވީ ސްކޫލް

އިމާދުއްދީން ސްކޫލް

އިސްކަންދަރު ސްކޫލް

ޖަމާލުއްދީން ސްކޫލް

މަޖީދިއްޔާ ސްކޫލް

ރެހެންދި ސްކޫލް

ތާޖުއްދީން ސްކޫލް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް