އިންސްޓްގްރާމު މެދުވެރިކޮށް ދެ އަންހެން ކުއްޖަކު ވަނީ އެމީހުންގެ މަންމަގެ 49 ވަނަ އުފަންދުވަސް އަންނާތީ ވިޝްކޮށްދިނުމަށް އަޔުޝްމަންގެ ކިބައިން އެދިފަ އެވެ.
މިހެންވެ އަޔޫޝްމަން ވަނީ މިކަން ހަގީގަތަކަށް ހަދައިދީފަ އެވެ. އެގޮތުން މި ވީޑިއޯ އަޔުޝްމަން ހިއްސާކުރިއިރު އޭނާ ފެނިގެންދަނީ ގިޓައެއް ހިފައިގެން އިނދެ، "ހެޕި ބާތު ޑޭ" ލަވަ ކިޔާ މަންޒަރެވެ.
އަޔޫޝްމަން ބުނީ މުޅި ގައުމު ލޮކްޑައުނުގައި އޮތްއިރު އޭނާ ވެސް ހުރީ ކަރަންޓީނުގައި ކަމަށާއި އެހެންކަމުން، އެހެން މީހަކަށް އުފަލެއް ހޯދަައިދިނުމަށް ލިބުނު މި ކުޑަ ފުރުސަތު ވެސް ގަބޫލުކުރީ ކަމަށެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އަޔުޝްމަންއަކީ މޮޅު ލަވަކިޔުންތެރިއެއް ވެސް މެއެވެ.