ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި ފެތުމުގެ ކުޅިވަރުން ދިވެހިރާއްޖެ ތަމްސީލު ކުރާނީ މުހައްމަދު އާން ހުސައިން އަދި އާއިޝަތު އުލްޔާ ޝާއިގްއެވެ. މީގެ ތެރެއިން އާންގެ އިވެންޓް ބުރާސްފަތި ދުވަހު މެންދުރު ފަހު 2 ޖަހާއިރު އޮންނާނެއެވެ. އުލްޔާގެ އިވެންޓް އޮތީ ހޮނިހިރު ދުވަހުއެވެ.
ފެތުންތެރިންގެ އިވެންޓްތައް ޕޫލް ސަރަހައްދުގައި ލައިވްކޮށް ބްރޯޑްކާސްޓް ކުރާ މިއީ ފުރަތަމަ ފަހަރެވެ. އަދި މި ފަހަރުގެ ދެ ފެތުންތެރިން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސްގައި ވާދަކުރާވެސް މިއީ ފުރަތަމަ ފަހަރެވެ.
މާދަމާ މެންދުރު ފަހު އާން ފަތާނީ، ފިރިހެނުންގެ 50 މީޓަރު ފްރީ ސްޓައިލް އިވެންޓްގައެވެ.